Ads by
ޚަބަރު
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި މ. އަތޮޅުން 60 އިންސައްތަ ވޯޓު ހޯދާނަން: އިމްރާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެ ދާއިރާއިން 60% ވޯޓު ހޯއްދަވާނެ ކަމަށް އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Eki Online

މ. މުލަކުގައި ރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ ތަރައްގީ އެންމެ ފުރަތަމަ ފަށަންޖެހޭ ހިސާބު ރައީސަށް އެނގިވަޑައިގަންނަވާ ކަމަށާއި ތަރައްގީގެ ވާހަކަ ދެއްކޭނީ ވެސް ގައިން ތާހިރުވެގެންކަން ރައީސަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ތިބޭނީ ގައިން ތާހިރުވެގެން ކަމަށާއި ތަރައްގީއާ ހަމައަށް ދެވޭނީ ވެސް އޭރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކޮންމެ ރަށަކަށް ވަޑައިގެން މިހާރު ސަރުކާރުން ކޮށްދީފައި ހުރި ކަންކަން ރައީސް ކިޔައިދެއްވާ ކަމަށާއި އަދި ރާއްޖެ އަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުގެ ވާހަކަ ވެސް ރައީސް ރައްޔިތުން ގާތު ދައްކަވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *