Ads by
ޚަބަރު
ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފި

މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ވޯޓާސް ލިސްޓު އާއްމުކޮށްފިއެވެ.

Ads by Eki Online

އިލެކްޝަން ކޮމިޝަނުން މިއަދު އާއްމުކުރި ލިސްޓުގައިވާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،803 މީހަކަށެވެ. އަލަށް ވޯޓުލުމުގެ ހައްގު ލިބެނީ 408 މީހަކަށެވެ.

އީސީން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރަން ހުށަހެޅި 50،047 ފޯމުގެ ތެރެއިން ސައްހަވީ 38،763 ފޯމު ކަމަށެވެ. އަދި ސައްހަކަން ކަށަވަރު ނުވާ 11،284 ފޯމް ލިބުނު ކަމަށް ބުނެފައިވެއެވެ.

ދެވަނަ ބުރުގައި އިތުރު 12 ފޮށި ބަހައްޓާނެއެވެ. އެއާއެކު އެ އިންތިހާބުގައި ޖުމްލަ 586 ފޮށި ބަހައްޓާނެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *