Sunday, 1 November 2026
Ads by

ހަށިގަނޑުން ކެލޮރީ އަންދައިދިނުމަށް އެހީތެރިވެދޭ ޚާއްޞަ ޕްރޯޓީނެއް ސައިންސްވެރިން ހޯދައިފި

ހަށިގަނޑުން ކެލޮރީ އަންދައިދިނުމަށް އެހީތެރިވެދޭ ޚާއްޞަ ޕްރޯޓީނެއް ސައިންސްވެރިން ހޯދައިފި

އިންސާނުންނާއި މީދަލުގެ ހަށިގަނޑުގައި ހުންނަ ބްރައުން ފެޓް ނުވަތަ މައިގަނޑު ގޮތެއްގައި ހީޓް އުފައްދައިދޭ ސެލްތަކުން ކެލޮރީ އެންދުމުގެ އަމަލީ މަސައްކަތް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހާއްސަ ޕްރޯޓީނެއް ސައިންސްވެރިން ހޯދައިފިއެވެ.

Ad Image
Ads by

ކޯޕަންހޭގަން ޔުނިވަރސިޓީގެ ނޯވޯ ނޯޑިސްކް ފައުންޑޭޝަން ސެންޓަރ ފޯ ބޭސިކް މެޓަބޮލިކް ރިސަރޗްގެ ދިރާސާވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި ”SLC25A34“ ގެ ނަމުން ނަންދެވިފައިވާ މި ޕްރޯޓީނަކީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ކްލޮކާއި، ފިނިހޫނުމިނުގެ ބަދަލުތަކާއި އަދި ކާނާއިން ލިބޭ ފެޓަށް އިޖާބަދީގެން ކެލޮރީ އެންދުމުގެ މިންވަރު ކޮންޓްރޯލްކުރާ މުހިންމު ޕްރޯޓީނެކެވެ.

ސައިންސްވެރިން ހާމަކުރި ގޮތުގައި މީދަލުގެ މައިޓޯކޮންޑްރިއާގެ ތެރެއިން ފެނުނު މި ޕްރޯޓީނަކީ ފިނި މާހައުލުތަކުގައި ހަށިގަނޑުގެ ހޫނުމިން ހިފެހެއްޓުމަށާއި ކެލޮރީ އަންދައިދިނުމަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މީދާ ފިނި މާހައުލެއްގައި ބެހެއްޓުމުން މި ޕްރޯޓީން ހަށިގަނޑުގައި އުފެދޭ މިންވަރު 90 ގުނައަށް އިތުރުވެގެންދިޔަކަން ދިރާސާއިން ވަނީ ކަށަވަރުވެފައެވެ. އަދި ޖީން އެޑިޓިންގ ބޭނުންކޮށްގެން މި ޕްރޯޓީން ނުހުންނަ ގޮތް ހެދުމުން، މީދަލުގެ ހަށިގަނޑުން އޮކްސިޖަން ބޭނުންކުރާ މިންވަރާއި ކެލޮރީ އެންދުމުގެ ގާބިލުކަން ވަރަށް ބޮޑަށް ދަށްވެގެންދިޔައެވެ.

އިންސާނުންގެ ސެލްތަކާއި ބްލަޑް ސާމްޕަލްތައް ބޭނުންކޮށްގެން ކުރެވުނު ތަހުލީލުތަކުން ދެއްކި ގޮތުގައި ހަށިގަނޑުގެ ހަމުގެ ދަށުގައި SLC25A34 ޕްރޯޓީން ގިނައިން ހުންނަ މީހުންގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ދަށްވެ، އިންސުލިން ރެސިސްޓެންސް ކުޑަވެފައި ސިއްހީ ހާލަތު ރަނގަޅުކަން ފާހަގަކުރެވުނެވެ. މިއީ މައިޓޯކޮންޑްރިއާގެ ތެރޭގައި ސެލްތަކަށް ބޭނުންވާ މޮލެކިއުލްތައް ދަތުރުކުރުމުގައި އެހީތެރިވެދޭ ޕްރޯޓީނަކަށްވާތީ، މިއީ ހަށިގަނޑުގައި ފެޓް އަންދައި އަދި އާ ފެޓް އުފެއްދުމުގެ ދައުރު މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދޭ ”ސްވިޗެއް“ ކަމަށް ރިސާޗަރުން ބުނެއެވެ.

މި ކަން ހޯދުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މެޓަބޮލިޒަމް އަވަސްކޮށް، ފަލަވުމާއި ހަކުރުބަލި ފަދަ ބަލިތަކަށް އާ ފަރުވާތަކެއް ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް މަޝްހޫރު ”ސައިންސް“ ޖަރނަލްގައި ޝާއިއުކުރެވުނު މި ދިރާސާގެ މުސަންނިފުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި