ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ”އީގަލް ހިލްސް“ ޕްރޮޖެކްޓް ”ޔަހޫދީ ވަޒަންވެރިވުމެއް“ ކަމަށް ސިފަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓަށް މިނިސްޓަރު އިހުސާން ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، އެއީ ހަގީގަތް އޮޅުވާލުމެއް ކަމަށާއި، ދީނީ ހަސާސީކަން ސިޔާސީ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުމަށް ކުރި ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. މީގެ އިތުރުން، ފަލަސްތީނަށް ދިވެހި ރައްޔިތުން ދޭ ތާއީދު އަކީ ބިރުވެރިކަމާއި، ނަފްރަތާއި، ނުރަނގަޅު މައުލޫމާތު ފެތުރުމަށް ބޭނުންކުރަންވީ ސިޔާސީ ހަތިޔާރެއް ނޫން ކަމަށްވެސް މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިހުސާންގެ މި ރައްދު ދެއްވާފައިވަނީ، ކުރީގެ ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ”އީގަލް ހިލްސް“ އަކީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ އަހްލާގީ ގޮތުން ފުނޑުފުނޑުވެފައިވާ ސަރުކާރެއްގެ ބޭނުން ހިފާ އަނިޔާވެރި ބައެއް ކަމަށެވެ. އަދި 100% މުސްލިމް މުޖުތަމައެއްގައި، ފަލަސްތީނުގެ މަސްއޫލިއްޔަތަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުންދާއިރު، ”ޔަހޫދީ ވަޒަންވެރިވުމެއް“ ގާއިމުކުރުމަކީ، އެ ކުންފުނީގެ މަކަރާއި ދަށުދަރަޖަކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
Calling this project a “Jewish settlement” is a blatant distortion of facts and a disgraceful attempt to exploit religious sentiments for political gain.
The Maldivian people’s unwavering support for Palestine is not a political weapon to be used to spread fear, hatred and… https://t.co/jzGZzpCBn6
— Minister of Homeland Security, Labour & Technology (@min_mohst) October 11, 2026
މިނިސްޓަރު އިހުސާންގެ ރައްދުގައި އިތުރަށް ވިދާޅުވެފައިވަނީ، މި އިންވެސްޓްމަންޓް ކުރީގެ ރައީސް ޔާމީންގެ ރައީސްކަމުގައި ހަގީގަތަކަށް ނުވީތީ، މިއަދު އެއަށް ބަދުނާމުކޮށް ނަފްރަތު އުފެއްދުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. ގައުމީ ތަރައްގީއަކީ، އަމިއްލަ ސިޔާސީ ދެރަވެރިކަމުގެ ޝިކާރައަކަށް ހަދައިގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.













