Saturday, 17 October 2026
Ads by

ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުރިހަމަކުރުމަށާއި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމަށްޓަކައި ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފްއެވެ. އަދި ރަށްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށްރަށުގެ ކައުންސިލް ތަމްސީލުކުރައްވާ މެންބަރުންނެވެ.

މި މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގްރޯފޮރެސްޓްރީ ދަނޑުތައް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެވުނު 10 ރަށަކީ ހއ. ބާރަށް، ރ. އިނގުރައިދޫ، ކ. ކާށިދޫ، ކ. މާފުށި، ކ. ތުލުސްދޫ، މ. ވޭވަށް، ލ. އިސްދޫ، ގއ. ގެމަނަފުށި އަދި ގދ. ހޯޑެއްދޫއެވެ.

މި ޕްރޮގްރާމުގެ ދަށުން ގާއިމުކުރެވޭ ދަނޑުތަކަކީ ތިމާވެއްޓާ ރައްޓެހިކޮށް ފަރުމާކުރެވި، ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ ނަމޫނާ ދަނޑުތަކެކެވެ. 10 ރަށެއްގައި ގާއިމުކުރެވޭ 2 ހެކްޓަރާއި 4 ހެކްޓަރާއި ދެމެދުގެ ބޮޑުމިން އެކުލެވޭ މި ދަނޑުތަކުގައި މައިގަނޑުގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ، ދިގުމުއްދަތަކަށް ހެއްދޭ ބާވަތްތަކާއި އެކު ކުރުމުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ.

މި ދަނޑުތަކުގެ ސަބަބުން ދިގުމުއްދަތަކަށް ކާނާއާއި މުޑުވައްގަސް އުފެއްދުމަށް މަގުފަހިވެ، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކުރެވި، އެކަމަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެއެވެ. މީގެ އިތުރުން މި ދަނޑުތަކަކީ މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފާގެ ދަށުން ކައުންސިލްތަކުން ހައްދަމުންގެންދާނެ ދަނޑުތަކެއް ކަމުން، ރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މައުލޫމާތު ލިބިގެންދާނެއެވެ.

މިނިސްޓްރީގެ އުންމީދަކީ މި ދަނޑުތަކުގެ ޒަރިއްޔާއިން ކާނާގެ ޔަގީންކަން އިތުރުކޮށް، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަތަރު ލައްކައަށްވުރެ ގިނަ ގަސް އުފެއްދިގެން ދިއުމެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި، ތިމާވެއްޓާ ރައްޓެހި ޒަމާނީ ދަނޑުވެރިކަމަކަށް ރާއްޖޭގެ ދަނޑުވެރިކަން ބަދަލުވެގެންދިއުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި