Saturday, 17 October 2026
Ads by

އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވި ބޯޓަކަށް އެމެރިކާގެ ފައިޓަރ ޖެޓަކުން ޙަމަލާދީ ހުއްޓުވައިފި

އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވި ބޯޓަކަށް އެމެރިކާގެ ފައިޓަރ ޖެޓަކުން ޙަމަލާދީ ހުއްޓުވައިފި

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) 2026 ސެޕްޓެމްބަރު 5 ގައި އާންމުކުރި ވީޑިއޯ ފުޓޭޖަކުން ނަގާފައިވާ މި ސްކްރީންގްރެބުން ދައްކުވައިދެނީ، އީރާނުގެ އަސްކަރިއްޔާއިން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ޙަމަލާދިނުމާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއާ ގުޅުންހުރި ތެލު އުފުލާ ތިން ބޯޓު ހަލާކުކޮށްލި ޙަމަލާތަކެއް ކަމަށް ސެންޓްކޮމުން ބުނާ މަންޒަރެވެ [ފައިލް: ސެންޓްކޮމް/ އޭ.އެފް.ޕީ މެދުވެރިކޮށް]

އީރާނުގެ ބަނދަރަކުން ފުރައިގެން ދިޔަ ބޮޑު ކާގޯ ބޯޓަކަށް އެމެރިކާގެ އަސްކަރީ ފައިޓަރ ޖެޓަކުން ޙަމަލާދީ އޮމާން ކަނޑުމަތީގައި އެ ބޯޓު ހުއްޓުވައިފިއެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކަނޑުމަތީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް (ނޭވަލް ބްލޮކޭޑް) ތަންފީޒުކުރުމުގެ ގޮތުން ދިން ޙަމަލާއެކެވެ.

Ad Image
Ads by

ޕެނަމާގެ ދިދަ ނަގާފައިވާ މި ބޯޓަށް އެމެރިކާ ސިފައިން ޙަމަލާދިނީ، އީރާނުގެ ބަނދަރަކުން ފުރައިގެން ދަނިކޮށް، ހުއްޓުމަށް އެތައް ފަހަރަކު އިންޒާރު ދިނުމުންވެސް ނުހުއްޓުމުންނެވެ. ސެންޓްކޮމް އިން ބުނާގޮތުގައި ޖެޓުން ފޮނުވާލި މިސައިލް އަމާޒުކުރީ ބޯޓުގެ ފަހަތަށެވެ. މީގެ ބޭނުމަކީ ބޯޓުގެ އިންޖީނު ހުއްޓުވާލުމެވެ. މި ޙާދިސާގައި ބޯޓުގެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އެމެރިކާއިން ބުނެއެވެ.

ޖުލައި 14 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރި ފަހުން، މިހާތަނަށް 135 ބޯޓެއް ހުއްޓުވައި އަނބުރާ ފޮނުވާލާފައިވެއެވެ. އަދި އިންޒާރުތަކަށް ބޯނުލެނބި 4 ކޮމާޝަލް ބޯޓަކަށް މިގޮތަށް ޙަމަލާދީ ހުއްޓުވާފައިވެއެވެ.

މި ޙާދިސާ ހިނގާފައިމިވަނީ، ރިޔާޟް އެއަރޕޯޓަށް ދިން ޙަމަލާއާ ގުޅިގެން ހޫޘީންނަށާއި އީރާނަށް ޙަމަލާދިނުމާމެދު އެމެރިކާއިން ވިސްނަމުންދާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ސުޕަރޓޭންކަރެއްގައި މައިންއެއް ގޮވާފައިވާކަމަށް އީރާނުގެ އައިއާރުޖީސީ އިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި