Saturday, 24 October 2026
Ads by

އަހާ ފޯރަމްގެ 9 ވަނަ ބައްދަލުވުން މިރޭ ބާއްވަނީ

އަހާ ފޯރަމްގެ 9 ވަނަ ބައްދަލުވުން މިރޭ ބާއްވަނީ

ސަރުކާރުގެ ވުޒާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފުސީލު ރައްޔިތުންނާ ހިއްސާކޮށް، ވަޒީރުންނާ ސީދާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ”އަހާ“ ފޯރަމް ސިލްސިލާގެ ނުވަވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ މި ފޯރަމް ކުރިއަށްދާނީ މިރޭ 9:00 އިން ފެށިގެން ދެ ގަޑިއިރުގެ ވަގުތަކަށެވެ.

މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހަމަޖެހިފައިވަނީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ގީލާ އަލީ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، ހީނާ ވަލީދު އަދި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން އެވެ.

ދައުލަތުގެ މީޑިއާއިން ވަގުތުން ލައިވްކުރާ މި ޕްރޮގްރާމުގައި، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެގެންނާއި، ޕީއެސްއެމް އެއާ އެޕްލިކޭޝަން މެދުވެރިކޮށް ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް، އެ އިދާރާތަކުގެ އެންމެ އިސްވެރިންގެ ފަރާތުން ސީދާ ޖަވާބު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރު ތައާރަފުކުރި މި ފޯރަމްގެ 8 ބައްދަލުވުމެއް މިހާތަނަށް ވަނީ ބާއްވާފައެވެ. މި ސިލްސިލާގެ 7 ވަނަ ފޯރަމް ބާއްވާފައިވަނީ ހުސްވި ސެޕްޓެންބަރު މަހުގެ 27 ވީ އާދީއްތަ ދުވަހުގެ ރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ