Ads by
ޚަބަރު
ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ މީހުންނަށް ފިޔަވަޅު އަޅާނަން: ޑރ. މުޢިއްޒު 

ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ މީހުން އޭނާގެ ވެރިކަމެއްގައި މަގާމުން ވަކިކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ގަލޮޅުގައި މިއަދު ހަވީރު ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޝަރުއީ ދާއިރާ ވެގެންދާނީ ހަގީގީ މާނައިގައި މިނިވަން ތަނަކަށް ކަމަށާއި ޝަރީއަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

އަދި އެފަދަ ކަމެއް ކުރާ އެއްވެސް ބޭފުޅަކު ސަރުކާރުގެ މަގާމެއްގައި ނުބަހައްޓާނެ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

“އަމަލީ ގޮތުން މިނިވަން ޖުޑިޝިއަރީއެއް މި ގައުމަށް އިރާދަކުރެވިއްޔާ ގާއިމްކޮށްދޭނަން، އެއިރުން ރައީސް ޔާމީނަށްވެސް މިނިވަންކަން ލިބިގެންދާނެ. ރައީސް ނަޝީދަށް ކުރިމަތިވި އުދުވާނީ ހަމަލާގައި މިހާތަނަށް ނުބެލި އޮތް މައްސަލަ ބެލި، އެމަނިކުފާނަށްވެސް އިންސާފު ލިބޭނެ” މުޢިއްޒު ވިދާޅުވިއެވެ

މުޢިއްޒު ވިދާޅުވީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ނުދެއްވާނެކަމަށާއި އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *