Saturday, 24 October 2026
Ads by

އަންހެންކުދިން ބާރުވެރިކުރުވުމަކީ ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް

އަންހެންކުދިން ބާރުވެރިކުރުވުމަކީ ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

މި ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ.

ރައީސްގެ މެސެޖުގައި، އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ފުރިހަމަ ގާބިލުކަން ހާމަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި އެކުދިން ބިނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި ރައްކާތެރި، އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން ގައުމީ ތަރައްގީގައި މާނަހުރި ގޮތެއްގައި ބައިވެރިވުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

މީގެއިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މުޅި މުޖުތަމައު އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާއިލާތަކާއި މުޖުތަމައުގެ ފަރުދުން އަދި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން މިކަމުގައި މުހިންމު ކަމަށެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންގެ ކުރިއެރުމަށް ކުރާ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަކަމާއި އިންސާފު ލިބިދޭ، އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި