Saturday, 17 October 2026
Ads by

އީރާނުން މަދަދުދޭ ހޫޘީން ރިޔާޟް އެއަރޕޯޓަށް ދިން ޙަމަލާގައި 12 މީހުން ނިޔާވެ، 309 މީހުންނަށް އަނިޔާވެއްޖެ

އީރާނުން މަދަދުދޭ ހޫޘީން ރިޔާޟް އެއަރޕޯޓަށް ދިން ޙަމަލާގައި 12 މީހުން ނިޔާވެ، 309 މީހުންނަށް އަނިޔާވެއްޖެ

އެސޯސިއޭޓެޑް ޕްރެސް (އޭ.ޕީ) އަށް ލިބި، ކަށަވަރުކޮށްދީފައިވާ ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓަކުން ފެންނަ ގޮތުގައި ހުކުރު ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޯ ކަޅު ދުމާއި އަލިފާންގަނޑު އަރަމުންދާ މަންޒަރު. 2026، އޮކްޓޯބަރު 9. (އޭ.ޕީ)

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި މަދުވެގެން 12 މީހުން ނިޔާވޭ 309 މީހުންނަށް އަނިޔާވެއްޖެއެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގައި ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ މީހުން މަރުވި ޙަމަލާއެވެ.

Ad Image
Ads by

މަންޒަރު ދުށް މީހުން ބުނާގޮތުގައި، އެއަރޕޯޓުގެ ޑިޕާޗަރ ގޭޓާ ދިމާލަށް އެއްޗެއް އައިސް ގޮވުމާއެކު އެތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ. ސަޢޫދީގެ ސިވިލް އޭވިއޭޝަނުން ހާމަކުރިގޮތުގައި، ނިޔާވި 12 މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތަކާއި، ސަޢޫދީގެ 4 މީހުންނާއި، ބަންގްލަދޭޝްގެ 2 މީހުންގެ އިތުރުން މިޞްރު، އުރުދުން، ސޫރިޔާ، ފަލަސްޠީނު އަދި ސޫދާނުގެ ރައްޔިތުން ހިމެނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ޙަމަލާގެ ތުހުމަތު އަޅުވާފައިވަނީ އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫޘީންގެ ބޮލުގައެވެ. މި ޙަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ސަޢޫދީއާ ގުޅިގެން ހޫޘީންނަށާއި އީރާނަށް ޙަމަލާދިނުމާމެދު އެމެރިކާއިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އަޔަލޭންޑުގެ އެމްބަސީތަކުން ވަނީ އެ ޤައުމުތަކުގެ ރައްޔިތުން ރިޔާޟް އެއަރޕޯޓަށް ނުދިއުމަށް އަންގާފައެވެ. އަދި އިއްތިޙާދު އެއަރވޭސް އާއި ޤަތަރު އެއަރވޭސް ފަދަ ބޮޑެތި އެއަރލައިންތަކުން ވަނީ ރިޔާޟަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަލީ
އަލީ
5 ދުވަސް ކުރިން

އެމެރިކާއާއި އިޒްރޭލުން މަދަދުދޭ ސައޫދީންވެސް އިސްވެ ޔަމަނަށް އެތައް ފަަހަރަކު ހަމަލާދީފަވޭ. ކީއްވެތޯ ސައޫދީގެ ވާހަކަ ބުނާއިރު އެހެން ނުބުނެވެނީ؟ މިއީ ވަރަށް ބޮޑު މައްސަލައެއް.

Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި