Saturday, 17 October 2026
Ads by

އީރާނު ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 21 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 865 އަށް އިތުރުކޮށްފި

އީރާނު ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 21 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 865 އަށް އިތުރުކޮށްފި

(ފޮޓޯ ކޮލާޖު)

އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދަކީ 21 ކަމަށާއި، އަދި ޒަޚަމްވި މީހުންގެ އަދަދަކީ 865 ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

Ad Image
Ads by

މީގެ ކުރިން ޕެންޓަގަން އިން ބުނަމުން އައީ ހަނގުރާމައިގައި މަރުވީ 18 ސިފައިން ކަމަށެވެ. ނަމަވެސް އޮކްޓޯބަރު 10 ވަނަ ދުވަހު އާންމުކުރި އައު ހިސާބުތަކުން ދައްކާގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. އަދި ކުރިން ހާމަނުކުރާ 140 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައިވާކަންވެސް މިހާރު ވަނީ ހާމަކޮށްފައެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު، ޕެންޓަގަން އިން މަރުވި މީހުންގެ އަދަދު ފޮރުވާފައިވާކަމަށް ވޮޝިންގޓަން ޕޯސްޓުން ރިޕޯޓުކުރުމުން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ވަނީ އެކަން ވަރަށް ބޮޑަށް ދޮގުކުރައްވާފައެވެ. އޭނާ އޭރު ވިދާޅުވީ އެއީ ”ކަނޑައެޅިގެން ދޮގެއް“ ކަމަށާއި އެ ނޫހަކީ އީރާނުގެ މީޑިއާތަކަށްވުރެވެސް ގޯސް ބައެއް ކަމަށެވެ. ނަމަވެސް މިހާރު ޕެންޓަގަން އިން އާންމުކުރި ހިސާބުތަކުން އެ ނޫހުން ރިޕޯޓުކުރި މަޢުލޫމާތަކީ ތެދުކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން، ޖުލައި މަހުން ފެށިގެން ޒަޚަމްވި މީހުން ގުނުމަށް ’އޯވަރސީސް އޮޕަރޭޝަންސް‘ ނަމުގައި އައު ކެޓަގަރީއެއް ޕެންޓަގަން އިން ވަނީ ތަޢާރަފުކޮށްފައެވެ. ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ހަނގުރާމައިގެ ޙަޤީޤީ ގެއްލުންތައް ފޮރުވުމަށް ކުރާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި