Saturday, 17 October 2026
Ads by

ޕޯޗުގަލްގެ މައްސަލަތަކަށްފަހު އެނބުރި އައިސް ރޮނާލްޑޯ ލަނޑު ޖަހައި، އަލް ނަސްރު މޮޅުކޮށްދީފި

ޕޯޗުގަލްގެ މައްސަލަތަކަށްފަހު އެނބުރި އައިސް ރޮނާލްޑޯ ލަނޑު ޖަހައި، އަލް ނަސްރު މޮޅުކޮށްދީފި

ޕޯޗުގަލްގެ ޤައުމީ ޓީމާ ދެމެދު އުފެދުނު މައްސަލަތަކަށްފަހު އެނބުރި ކްލަބް ފުޓުބޯޅައަށް އައިސް، ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު ސައުދީ ޕްރޯ ލީގުގައި ދިރިޢިއްޔާ އަތުން 3-0 އިން އަލް ނަސްރު މޮޅުވެއްޖެއެވެ.

Ad Image
Ads by

ހުކުރު ދުވަހު ކުޅުނު މި މެޗަކީ ފަހަކަށް އައިސް ޕޯޗުގަލް ކޭމްޕުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޤައުމީ ޓީމު ދޫކޮށްލުމަށްފަހު ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. ޤައުމީ ޓީމަށް ކުޅެދިން 234 މެޗުން 146 ލަނޑު ޖަހައިދީފައިވާ އުމުރުން 41 އަހަރުގެ ރޮނާލްޑޯ، ޕޯޗުގަލް ޓީމު ދޫކޮށްލީ ނޭޝަންސް ލީގުގައި އޭނާ ކުޅުވުމާ މެދު ކޯޗު ޖޯޖް ޖީސަސް ވީ ވަޢުދާ ޚިލާފުވުމުން ކަމަށް ބުނެ، މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

ކުރީގެ ޓޮޓެންހަމްގެ ކޯޗު އޭންޖް ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅޭ އަލް ނަސްރުން ދިރިޢިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ މެޗުގެ ފުރަތަމަ ހާފުގެ މެދުތެރޭގައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑަކީ ކިންގްސްލީ ކޯމަން ފޮނުވާލި ހަމަލާއެއް ކީޕަރު ވަލީދު އަބްދުﷲ ދިފާއުކުރުމުން، ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ކާމިޔާބުކުރި 980 ވަނަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ސާމޫ ކޮސްޓާ އަލް ނަސްރަށް ދެވަނަ ލަނޑު ޖަހައިދިންއިރު، ތިންވަނަ ލަނޑު މެޗު ނިމެން 13 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކޯމަންއެވެ.

މި މޮޅާއެކު، ލީގުގެ އަށްވަނަ ބުރު ނިމުނުއިރު އެންމެ ފަހުގެ ޗެމްޕިއަން އަލް ނަސްރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އަލް ޤާދިސިއްޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުން ދެވަނައިގައެވެ. އަލް ޤާދިސިއްޔާ ވަނީ ކުރިން ކުޅުނު މެޗުގައި އަލް ޚުލޫދު އަތުން 5-0 އިން މޮޅުވެފައެވެ. އެ މެޗުގައި ނެދަލެންޑްސްގެ ޓިޖާނީ ރެއިންޑާސްގެ އިތުރުން އިޓަލީގެ މަޓެއޯ ރެޓެގީ އަދި މެކްސިކޯގެ ހޫލިއަން ކީނޯނެސް ވަނީ ލަނޑު ޖަހާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި