Saturday, 24 October 2026
Ads by

ރާއްޖޭގެ ފަތުރުވެރިކަމުގެ 99 އިންސައްތަ އެނދު އޮޕަރޭޝަނަށް ގެނެސްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ 99 އިންސައްތަ އެނދު އޮޕަރޭޝަނަށް ގެނެސްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރަޖިސްޓްރީކޮށްފައިވާ އެނދުތަކުގެ 99 އިންސައްތަ އޮޕަރޭޝަނަށް ގެނެސް، ގާތްގަނޑަކަށް މުޅި ސިނާއަތް ފުރިހަމައަށް ހިންގަން ފަށައިފިއެވެ.

Ad Image
Ads by

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ޖުމްލަ 1،293 ތަނެއް ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ 68،733 އެނދުގެ ޤާބިލުކަމެކެވެ. މީގެ ތެރެއިން މިވަގުތު އޮޕަރޭޝަނުގައި އޮތީ 1،289 ތަނެއްގެ 68،013 އެނދެވެ.

މިވަގުތު އޮޕަރޭޝަނުގައިވާ ތަންތަނުގެ ތެރޭގައި 45،171 އެނދާއެކު 180 ރިސޯޓާއި، 16،822 އެނދާއެކު 927 ގެސްޓްހައުސް ހިމެނެއެވެ. މީގެ އިތުރުން 3،366 އެނދުގެ 166 ސަފާރީއާއި، 2،654 އެނދުގެ 16 ހޮޓާވެސް މިވަގުތު އަންނަނީ ފަތުރުވެރިންނަށް ހިދުމަތް ދެމުންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،642،478 (އެއް މިލިއަން ހަ ލައްކަ ސާޅީސް ދެ ހާސް ހަތަރުސަތޭކަ ހަތްދިހަ އަށް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 311،485 ފަތުރުވެރިންނެވެ. ދެވަނައިގައި 234،718 ފަތުރުވެރިންނާއެކު ރަޝިޔާ އޮތްއިރު، 122،067 ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަން ކުރިއަށްދާއިރު، ރާއްޖޭގެ އެނދުތަކުގެ ބޮޑު ބައެއް އޮޕަރޭޝަނަށް ގެނެވި، ފުރިހަމައަށް ބޭނުންކުރެވެމުން ދިޔުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ދިރުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި