Ads by
ޚަބަރު
ނިހާން ވިދާޅުވީ ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރާނީ 56 އިންސައްތަ ވޯޓުން ކަމަށް 

މިފަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 56 އިންސައްތަ ވޯޓުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ނިހާން މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް 56 އިންސައްތަ ވޯޓު ލިބޭނެ ކަމަށެވެ.

ނިހާން މިފަދައިން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރ, ގާސިމް އިބްރާހީމް ވަނީ ޖޭޕީގެ މެމްބަރުން ބޭނުންފުޅުވާ ނަމަ ކޮންމެ ކެންޑިޑޭޓަކަށް ވެސް ތާއީދު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *