Saturday, 17 October 2026
Ads by

ބީއެމްއެލްގެ މާލީ ވަރުގަދަކަން ސާބިތުކޮށްދީ 9 މަސްދުވަހުން 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ބީއެމްއެލްގެ މާލީ ވަރުގަދަކަން ސާބިތުކޮށްދީ 9 މަސްދުވަހުން 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މުޅި ދުނިޔޭގެ އިޤްތިޞާދަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިވެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 1.93 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައި، އެ ބޭންކުގެ މާލީ ވަރުގަދަކަން އަނެއްކާވެސް ސާބިތުކޮށްދީފިއެވެ.

Ad Image
Ads by

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބުނު މި ފައިދާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އެކަނިވެސް އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 36 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުގެ ވިޔަފާރި ފުޅާވަމުންދާ މިންވަރު ދައްކުވައިދޭ އެންމެ ބޮޑު އެއް ކަމަކީ ލޯނު ދޫކުރުމާއި ޑިޕޮސިޓްތަކަށް އައި ކުރިއެރުމެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ 12.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މުޅި މިދިޔަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެވެސް އިތުރު އަދަދެކެވެ. އަދި ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތައް 14 އިންސައްތައިގެ ކުރިއެރުމަކާއެކު 42.36 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

ބޭންކިންގ މުއާމަލާތްތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރައެވެ. އަދި 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި ޑޮލަރާ ގާތްކުރާ އަދަދެއް ކަމަށްވާ 722.1 މިލިއަން ޑޮލަރު، ދިވެހި ރުފިޔާއަށް ބަދަލުކޮށްގެން ކަސްޓަމަރުންނަށް ދޫކޮށްފައިވާކަން މާލީ ބަޔާނުން ދައްކައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރުގެ މަގުން ވިއްކާފައިވާ އަދަދެކެވެ.

މާލީ ވަރުގަދަކަން ހިފެހެއްޓުމުގެ ގޮތުން ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 38 އިންސައްތައިގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 އިންސައްތައަށްވުރެ ތިންގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 އިންސައްތައިގައި ހުރުމާއެކު، ބީއެމްއެލްއަކީ ސަރަޙައްދީ ފެންވަރުގައިވެސް އެންމެ ހިންގުންތެރި އެއް ބޭންކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިފަދަ އެދެވޭ ނަތީޖާއެއް ހާސިލުކުރެވުނީ އިގުތިސޯދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމުގެ އިތުރުން ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. އަދި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަ ބަދަލުތަކާއެކު ގޮންޖެހުންތައް ބޮޑު މާހައުލެއްގައިވެސް މިފަދަ ނަތީޖާއެއް ލިބުމަކީ ކުރިއަށްއޮތްތަނަށް ލިބުނު ބޮޑު އުންމީދެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި