Saturday, 17 October 2026
Ads by

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ 9 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad Image
Ads by

މި ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ތަކެތި އޯޑަރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގައި ބައްދަލުކުރި ލޯފަން ބޭފުޅަކު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ބައެއް ދަތިތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި މިސްކިތްތަކުގެ ސަފުތަކާއި ގިބުލަ ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމެއް ނެތުމާއި، އާރްޓީއެލް ބަހުން ދަތުރުކުރާއިރު ބަސް ހުއްޓާ މަންޒިލްތައް ސާފުކޮށް އެނގޭނެ ނިޒާމެއް ޤާއިމްވެފައި ނެތުން ހިމެނެއެވެ. އަދި ބޮޑުތަކުރުފާނު މަގު ހަދާފައިވާ ފަދައިން، ކުރިއަށް އޮތް ތަނުގައި ތަރައްޤީކުރާ މަގުތަކަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމަށް އެބޭފުޅާ ވަނީ އެދިފައެވެ.

މި ހުށަހެޅުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލޯފަން ފަރާތްތަކާއި ޚާޢްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

”ރައްޔިތުންގެ އަޑު“ ޕްރޮގްރާމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޚާއްޞަ ސިލްސިލާއެކެވެ. މިހާތަނަށް މި ސިލްސިލާގެ 9 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްލަ 101 ރައްޔިތަކާ ސީދާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޝަކުވާތަކާއި ހިޔާލުތައް އަޑުއައްސަވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހަޅާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މޫސ
މޫސ
7 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސް އަކީ ސަރުކާރުގެ ބާރު ފޯރުވޭ އިދާރާ އެއް ނޫންތޯ ?!!!!!!!!

Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި