Ads by
ޚަބަރު
ރައީސް ޞާލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ރައީސް ނަޝީދު އާއި ރަޢީސް ޞާލިހު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބައްދަލުކުރައްވައިފިއެވެ.

Ads by Eki Online

ރައީސް ޞާލިހާއި ރައީސް ނަޝީދު މިއަދު ރައީސް އޮފީހުގައި މިބައްދަކުރައްވާއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ނަޝީދު ހުށަހަޅުއްވައި، މަޖިލީހުގައި އެ މަސައްކަތް ހިނގަމުންދާ ވަގުތެއްގައިއެވެ.
ރައީސް ޞާލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ ކޮން ބޭނުމަކު ކަމެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ މީގެ ކުރިން ގާތް ރަހުމަތްތެރިން ނަމަވެސް ސިޔާސީ ހިޔާލު ތަފާތުވުންތަކާއެކު ދެބޭފުޅުން މެދުގައި އޮތް ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. އަދި ދެބޭފުޅުން ވާހަކަ ނުދައްކާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

މީގެ އިތުރުން ދެބޭފުޅުންވެސް ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ގޮތުން އެއް ބޭފުޅަކާއި އަނެއް ބޭފުޅަކު އަންނަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.
އެ ދެ ބޭފުޅުން އެންމެ ފަހުން ބައްދަލު ކުރެއްވީ 7 އޮކްޓޯބަރު 2020ގައި މުލިއާގޭގަ އެވެ.
އެ ހިޔާލުތަފާތުވުންތައް ބޮޑުވެ ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު އެ ޕާޓީއިން އިސްތިއުފާ ދެއްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ. އެ ޕާޓީ މެދުވެރިކޮށް ރައީސް ޞާލިހާ ދެކޮޅަށް އެމަނިކުފާނު އަންނަނީ ސިޔާސީ ގޮތުން މަސައްކަތް ކުރައްވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *