Ads by
ޚަބަރު
އިރާނާއެކު ރާއްޖެއިން އަލުން ގުޅުން ގާއިމުކޮށްފި
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިރާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ.

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން އިރާނާއެކު އަލުން ގުޅުން ގާއިމުކޮށްފިއެވެ.

Ads by Eki Online

ރާއްޖެއިން އިރާނާއެކު އަލުން ގުޅުން ގާއިމުކުރިކަން އިއުލާނުކޮށްފައިވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲހީޔަން އާ އެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ކުރިއެރުމަށްޓަކައި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިންވެސްޓުމަންޓާއި ވިޔަފާރި އާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ރާއްޖޭން އިރާނާ އެކު ގުޅުން ކަނޑައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. އެގޮތަށް ނިންމީ ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅަމުންދާތީ ކަމަށް ބުނެއެވެ.

ޔާމީންގެ ވެރިކަމުގައި ގަތަރާ އެކު އޮތް ގުޅުން ވެސް ރާއްޖޭން ކަނޑަލައިލިއެވެ. އެއީ ވެސް ސައޫދީގެ ނިންމުމަކާ އެކުގައެވެ. އެކަމަކު 2021 ވަނަ އަހަރު ރާއްޖޭން ވަނީ އެ ގުޅުން އަލުން އިޔާދަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *