Sunday, 8 November 2026
Ads by

ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި

ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި

ނިމިދިޔަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓުގެ މިންވަރު 12 އިންސައްތައިން އިތުރުވެ، ޖުމްލަ 1.8 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ހިސާބުތަކެވެ.

Ad Image
Ads by

މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ ހިންގުމަށް ދޫކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކުގެ ހިންގުމަށާއި ތަރައްޤީގެ މަޝްރޫއުތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރަށްވާއިރު، މުޅި އަހަރަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާގެ އިތުރުން އަދި އަށް މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދު 2.5 ބިލިއަން ރުފިޔާއަށް މަތިކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

ދައުލަތުގެ ޖުމްލަ އާމްދަނީއަށް ރިއާޔަތްކޮށް 2020 ވަނަ އަހަރުން ފެށިގެން ހާއްސަ ފޯމިއުލާއެއްގެ ދަށުން ބްލޮކް ގްރާންޓް ދޫކުރަމުން އަންނައިރު، އޭގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހާއްސަކުރެވެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ހިނގަނީ މާލޭ ސިޓީ ކައުންސިލަށެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން ފައިސާ ދޫކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނނީ ކުރަމުންނެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ރަށު އަދި ސިޓީ ކައުންސިލްތަކަށް ލިބޭ މިންވަރު އިތުރުކުރުމާއި، ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި ރަށުގެ ބިމުގެ ބޮޑުމިނަށްވެސް ރިއާޔަތްކޮށް ފައިސާ ދޫކުރުން ހިމެނެއެވެ. މި ބަދަލުތަކުގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް އަވަސްކޮށް، ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
big_NJrEImHlrbsoy1YUi0K80GoxO
ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
big_SP4z4IpTcEiXcm5ihCjCh7gIf
ފެންފުއްޓާ ފަރަށް އެރި 'ދެރަހަ' ބޯޓުން 10 މީހުން ސަލާމަތްކޮށްފި
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުން ބޭރުކޮށްފި
ndnuj
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި