Saturday, 17 October 2026
Ads by

އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ނޮމިނޭޝަންތައް އިއުލާނުކޮށްފި

އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ނޮމިނޭޝަންތައް އިއުލާނުކޮށްފި

އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ނޮމިނޭޝަންތައް: ފޮޓޯ| އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިނުމަށް ހަމަޖެހިފައިވާ ”އެފްއޭއެމް އެވޯޑްސް“ ގައި ހޮވާ، އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

Ad Image
Ads by

މި އެވޯޑުގެ ނޮމިނޭޝަން ލިސްޓުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ދެ ކުޅުންތެރިންނާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ދެ ކުޅުންތެރިންގެ އިތުރުން އޮޑި ސްޕޯޓްސް ކުުލަބުގެ ކުޅުންތެރިއެކެވެ.

އޮޑި ސްޕޯޓްސް ކުލަބުން މި ޝަރަފުވެރި އެވޯޑަށް ނޮމިނޭޓުވެފައިވަނީ، ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަންގެ އިތުރުން ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޝާލިޔާއެވެ. ޝާލިޔާ ވަނީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމް ވިމެންސް ލީގުގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި އެވޯޑަށް ނޮމިނޭޓުވީ ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ އައިމިނަތު ލީޒާ އަދި ޝަޙްފާ ޝިއުތުއެވެ. މީގެ އިތުރުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މި އެވޯޑަށް ވާދަކުރަނީ މަރިޔަމް ނޫރާގެ އިތުރުން ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަން މައީޝާ އަބްދުލް ހަންނާނެވެ.

ރާއްޖޭގައި ކުލަބު ފެންވަރުގައި އަންހެނުންގެ ފުޓުބޯޅަ މެދުކެނޑިފައި އޮންނަތާ ގިނަ އަހަރުތަކަކަށް ފަހު، މިދިޔަ އަހަރު އެފްއޭއެމް އިން ވަނީ ”އެފްއޭއެމް ވިމެންސް ލީގު“ ގެ ނަމުގައި ކާމިޔާބު މުބާރާތެއް ބާއްވައި، ރާއްޖޭގެ އަންހެން ފުޓުބޯޅައަށް އައު ދިރުމަކާއި އުންމީދެއް ގެނެސްދީފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެ މުބާރާތުގެ ތަށި މާޒިޔާ އިން އުފުލައިލީ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި އެވޯޑުތަކުގެ ސަބަބުން ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަން އިތުރުވެ، ކުޅިވަރުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި