Saturday, 17 October 2026
Ads by

ދިއްލީގައި އިމާރާތެއް ވެއްޓި ދެ ކުޑަކުދިންނާއި މާބަނޑު އަންހެނަކު މަރުވެއްޖެ

ދިއްލީގައި އިމާރާތެއް ވެއްޓި ދެ ކުޑަކުދިންނާއި މާބަނޑު އަންހެނަކު މަރުވެއްޖެ

އިންޑިއާގެ ދިއްލީގެ އުތުރުއިރުމަތީ ސީމާޕުރީ ސަރަހައްދުގައި ހުރި ހަތަރު ބުރީގެ އިމާރާތެއް ވެއްޓި، ކުޑަކުއްޖަކާއި ބަނޑަށް ހަތަރު މަހުގެ އަންހެނަކު ހިމެނޭހެން ތިން މީހުން މަރުވެއްޖެއެވެ.

Ad Image
Ads by

މިއަދު ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރުގެ ގުލަފްސާ ނާމަކަށް ކިޔާ ބަނޑުބޮޑު އަންހެނަކާއި، އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން އެހެން ކުޑަކުއްޖެކެވެ. މީގެ ތެރެއިން ދެ ކުދިންގެ ވަނީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. ޑީސީޕީ ރާޖެންދުރަ ޕްރަސާދް މީނާ ބުނި ގޮތުގައި މަރުވި ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ބޯ ވަނީ ހަށިގަނޑާ ވަކިވެފައެވެ.

އިމާރާތުގެ ކުނިބުނިތަކުގެ ދަށުން މިހާތަނަށް އަށް މީހަކު ސަލާމަތްކޮށްގެން ތާހިރުޕޫރުގައި ހުންނަ ރާޖީވް ގާންދީ ސޫޕާ ސްޕެޝަލިޓީ ހޮސްޕިޓަލަށް ފަރުވާއަށް ވަނީ ގެންގޮސްފައެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި މޮމިން މިރްޖާ (56 އަހަރު)، އަބްދާން (3 އަހަރު)، އަބްދުލް ރަހްމާން (28 އަހަރު)، ދެވްރުއްދީން (28 އަހަރު)، ސަލްމާ (50 އަހަރު)، ޗޯޓޭ (34 އަހަރު)، ސަކީނާ (35 އަހަރު) އަދި ސަމަދު (30 އަހަރު) ހިމެނެއެވެ.

ދިއްލީ ފަޔަރ ސަރވިސްއަށް މި ހާދިސާގެ ރިޕޯޓު މެންދުރުފަހު 3:30 ހާއިރު ލިބުމާއެކު، ފަޔަރ އެންޖިންތައް އެ ސަރަހައްދަށް ފޮނުވައިގެން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި އާންމުން ވަނީ ރެސްކިއު ޓީމުތައް އައުމުގެ ކުރިން އަމިއްލައަށް އިމާރާތުގެ ގާތައް ދުރުކޮށް، ސަލާމަތީ މަސައްކަތްތަކުގައި ބައިވެރިވެފައެވެ. އާންމު ރައްޔިތަކު ބުނި ގޮތުގައި ފުލުހުންނަށް އާދެވުނީ ހާދިސާ ހިނގިތާ ބައިގަޑިއިރު ފަހުންނެވެ. އަދި އާންމުންގެ އެހީތެރިކަމާއެކު ބައެއް މީހުން ސަލާމަތްކޮށް، ސީޕީއާރު ދީގެން ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ދިއްލީ ޓްރެފިކް ފުލުހުން ވަނީ ސީމާޕުރީ ގޯލް ޗައްކަރު އަދި ޑީއެލްއެފް ބޯޕުރާ ސަރަހައްދުގެ މަގުތަކުގައި ޓްރެފިކަށް ބާރުބޮޑުވެފައިވާތީ، އެމްބިއުލަންސްތަކާއި ސަލާމަތީ އުޅަނދުތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް އާންމުން ނުދިއުމަށާއި މަގުމައްޗަށް އެއްނުވުމަށް އިލްތިމާސްކޮށްފައެވެ.

އާންމުން ބުނާ ގޮތުގައި އެ އިމާރާތުގައި ރެނދުލާފައިވަނީ އުއްތަރާކަންޑަށް އަންގާރަ ދުވަހުގެ ރޭ އައި ބޫމިކަމްޕާ ގުޅިގެން ދިއްލީ ސަރަހައްދަށް ގުޑުން އެރުމުގެ ސަބަބުންނެވެ. ނަމަވެސް އިމާރާތް ވެއްޓެން މެދުވެރިވި ހަގީގީ ސަބަބު އެނގޭނީ ތަހުގީގަށްފަހު ކަމަށް އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގާފައިމިއީ ދިއްލީގެ ސަތުޔާ ނިކޭތަންގައި ހުރި ހޮސްޓެލް އިމާރާތެއް ވެއްޓި ހަތް މީހުން މަރުވި ހާދިސާއަށް މަހެއްހާ ދުވަސް ވެފައިވަނިކޮށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި