Saturday, 17 October 2026
Ads by

ހޮރްމޫޒް ކަނޑުއޮޅީގެ ބަދަލުގައި ސީރިއާ މަގުން އިރާޤުގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކުރަން ފަށަނީ

ހޮރްމޫޒް ކަނޑުއޮޅީގެ ބަދަލުގައި ސީރިއާ މަގުން އިރާޤުގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކުރަން ފަށަނީ

ޢިރާޤުގެ ދެކުނުގައި ބަޞްރާގެ ހުޅަނގުން އޮންނަ ދެކުނު ޤުރްނާ-2 ތެލުގެ މައިދާނުގައި އިތުރުވާ ތެޔޮ އަންދަމުންދިއުމުގެ ސަބަބުން އަލިފާންގަނޑު ހިއްލެމުންދާ މަންޒަރު. (ފައިލް ފޮޓޯ: އޭ.އެފް.ޕީ)

ހޮރްމޫޒް ކަނޑުއޮޅީގައި އޮތް ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ޢިރާޤުގެ ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ޓްރަކްތަކުގައި ސީރިއާ މަގުން މެޑިޓަރޭނިއަން ކަނޑަށް އެކްސްޕޯޓްކުރުމަށް ޢިރާޤުން ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވީ ނަމަވެސް، އެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޢިރާޤުގެ ތެޔޮ އެކްސްޕޯޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ސީރިއާގެ ޕެޓްރޯލިއަމް ކުންފުނިން ބުނާގޮތުގައި، ޢިރާޤުގެ ތެޔޮ ޓްރަކްތަކުގައި ގެންދާނީ ސީރިއާގެ ބާނިޔާސް ބަނދަރަށެވެ. އަދި މި މަހުގެ މެދުތެރޭގައި ފުރަތަމަ ޓްރަކްތައް ބާނިޔާސްއަށް ފޯރާނެކަމަށް ބެލެވެއެވެ.

މީގެ ކުރިން ޢިރާޤުން ވަނީ ސީރިއާ މަގުން ޕެޓްރޯލްވެސް އެތެރެކުރަން ފަށާފައެވެ. މިހާރު ޓްރަކްތަކުގައި ތެޔޮ އުފުލި ނަމަވެސް، މުސްތަޤުބަލުގައި ޢިރާޤުން ސީރިއާއަށް ތެޔޮ ހޮޅި އެޅުމުގެ ވިސްނުން ގެންގުޅޭކަމަށް ސީރިއާގެ އޮފިޝަލުން ބުނެއެވެ. މިކަމުގެ ސަބަބުން ޢިރާޤަށް އެމީހުންގެ މައިގަނޑު އާމްދަނީ ޔަޤީންކުރެވޭއިރު، އަޙްމަދު އަލް-ޝަރާގެ ވަގުތީ ސަރުކާރުގެ ދަށުގައިވާ ސީރިއާއަށް ތެޔޮ އުފުލުމުގެ ފީގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބި، އިޤްތިޞާދު ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި