Saturday, 17 October 2026
Ads by

އަބުޗާ މިނިވަންކުރި މައްސަލައިގެ ތަހުގީގެއް ހިންގަން މަޖިލީހަށް ހުށަހަޅައިފި

އަބުޗާ މިނިވަންކުރި މައްސަލައިގެ ތަހުގީގެއް ހިންގަން މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު ކުޑޫ ވާހަކަ ދައްކަވަނީ .--- ފޮޓޯ: މަޖިލިސް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ޤާނޫނާ ހިލާފަށް އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅައިފިއެވެ.

Ad Image
Ads by

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު ފޮނުއްވި ސިޓީގައި ވަނީ ޕެރޯލް ދިނުމުގައި އަމަލުކުރި އިޖުރާއަތްތައް ބެލުމަށާއި، އެ ނިންމުމުގައި ބައިވެރިވި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުން މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ޝަރުތު ހަމަވާކަން ކަނޑައެޅުމަށް ބެލި ލިޔެކިޔުންތަކާއި ބޭނުންކުރި މިންގަނޑުތައް ބެލުމުގެ އިތުރުން، 25 އަހަރުގެ ހުކުމެއް އޮތް މީހަކަށް ތިން ބައިކުޅަ އެއް ބައި ހަމަވި ކަމަށް ނިންމި ގޮތުގެ ގާނޫނީ އިޖުރާއަތް ސާފުކުރުމަށްވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި މިއީ ވަކި މައްސަލައެއްގައި ދިމާވި އިޖުރާއީ ގޯހެއްތޯ ނުވަތަ ނިޒާމީ ގޮތެއްގައި ހިނގަމުންދާ ކަމެއްތޯއާއި، މިފަދަ ގޮތަކަށް އިތުރު ކުށްވެރިންތަކެއް ދޫކުރެވިފައިވޭތޯ ބެލުމަށްވެސް ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

މެންބަރު ކުޑޫ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅިއިރު، އަބުޗާ އަށް ގާނޫނާ ހިލާފަށް ޕެރޯލް ދިން މައްސަލައިގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަނީ ވަކިކޮށްފައެވެ. އަދި އޭނާއަށް ދިން ޕެރޯލް އުވާލައި، އަލުން ވަނީ ޖަލަށް ގެންގޮސްފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އަބުޗާގެ މައްޗަށް އިއްވާފައިވާ 12 އަހަރާއި ހަ މަހުގެ ތިން ހުކުމަށް ބަލާއިރު ޕެރޯލަށް އެދެވޭނީ ހަ އަހަރާއި ތިން މަސް ހަމަވުމުންނެވެ. ނަމަވެސް ބޯޑުން މުއްދަތު ގުނުމުގައި އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި