ޖަޕާނުގެ އޮކިނާވާގައި އުމުރުން 39 އަހަރުގެ އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި އެމެރިކާ ސިފައިންގެ 20 އަހަރުގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނުގައި އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ.
އޮކިނާވާގެ ފުޓެންމާ އެއަރ ސްޓޭޝަންގައި މަސައްކަތްކުރާ އެމެރިކާގެ ސިފައިންގެ މީހެއްކަމަށްވާ ޑެވިން ޖޭކަބް ބެލަރޑް ހައްޔަރުކޮށްފައިވަނީ ނާހާ ސިޓީގެ ހޮޓަލެއްގައި އަންނަ ޔާގީ ނަމަކަށްކިޔާ އަންހެނެއްގެ ކަރުގައިހިފާ މަރާލުމަށްފަހު އޭނާގެ ފައިސާ ދަބަހާއި ބެކްޕެކް ވަގަށް ނެގި ކަމުގެ ތުހުމަތުގައެވެ.
Protesters rallied outside the US Embassy in Tokyo after a US Marine was arrested over the killing of a 39-year-old woman in Okinawa. The angry demonstrations have revived calls to reduce the US military footprint on an island hosting about 70% of US military facilities in Japan. pic.twitter.com/sCxj7LsoCV
— Al Jazeera English (@AJEnglish) October 6, 2026
އަންގާރަ ދުވަހު ޓޯކިޔޯގެ އެމެރިކާ އެމްބަސީ ކައިރިއަށް ގާތްގަނޑަކަށް 100 އެއްހާ މީހުން އެއްވެ ވަނީ މުޒާހަރާކޮށްފައެވެ. އާންމުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުންދަނީ އެމެރިކާ ސިފައިން ކުރާ މިފަދަ ކުށްތަކާމެދު ޖަޕާނު ސަރުކާރުން ހަރުކަށި ފިޔަވަޅު ނާޅާތީއެވެ. އަދި އޮކިނާވާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް މަދުކުރުމަށް އެމީހުން ދަނީ ގޮވާލަމުންނެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ ވަނީ މިއީ ”ވަރަށް އަނިޔާވެރި އަދި ރަޙުމްކުޑަ ޖަރީމާއެއް“ ކަމަށް ބުނެ، އެމެރިކާ ސަރުކާރަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ.މީގެ ކުރިން 2025 ވަނަ އަހަރުވެސް އެމެރިކާ ސިފައިންގެ މީހަކު އަންހެނަކު ރޭޕްކުރަން އުޅުމުން 7 އަހަރަށް ޖަލަށްލާފައިވާއިރު، 2017 ގައި އަންހެނަކު ރޭޕްކޮށް މަރާލި މައްސަލައެއްގައި އެމެރިކާ މަރުކަޒެއްގެ މުވައްޒަފަކު ވަނީ އުމުރަށް ޖަލަށްލާފައެވެ.
މި ޙާދިސާއާ ގުޅިގެން އޮކިނާވާގައި ތިބޭ އެމެރިކާގެ ހުރިހާ ސިފައިންނަށް ބަނގުރާ ބުއިން މަނާކޮށް، ދަންވަރު 12 އިން ފަތިހު 5 އަށް ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ. ޖަޕާނުގައި ތިބޭ އެމެރިކާ ސިފައިންގެ 70 އިންސައްތަ މަރުކަޒުތައް ހުންނަނީ އޮކިނާވާގައެވެ.














