Saturday, 24 October 2026
Ads by

އައިފޯން 18 ޕްރޯގެ ކުލަ ބަދަލުވާ މައްސަލައެއް ފެންމަތިވެ އާންމުންގެ ކަންބޮޑުވުން

އައިފޯން 18 ޕްރޯގެ ކުލަ ބަދަލުވާ މައްސަލައެއް ފެންމަތިވެ އާންމުންގެ ކަންބޮޑުވުން

އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ފްލެގްޝިޕް ފޯނުތައް ކަމަށްވާ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ބޭނުންކުރާ ބައެއް ފަރާތްތަކުގެ ފޯނުގެ ކުލަ އަސްލު ހުރިވަރަށްވުރެ ފަނޑުވެ ބަދަލުވަމުންދާތީ، އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މި މައްސަލަ އެންމެ ބޮޑަށް ފެންނަމުންދަނީ އެ ކުންފުނިން އަލަށް ތައާރަފްކުރި ”ބާގަންޑީ ރެޑް“ ކުލައިގެ ފޯނުތަކުންނެވެ.

Ad Image
Ads by

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ރެޑިޓް އާއި އެކްސްގައި އާންމުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބާގަންޑީ ރެޑް ފޯނުތަކުގެ ކުލަ އަލިވެ، ހާއްސަކޮށް ފަހަތު ކެމެރާ މޮޑިއުލްގެ ވަށައިގެންވާ ބައިގެ ކުލަ ފިޔާތޮށި ކުލައަކަށް ބަދަލުވަމުންދެއެވެ. މީގެ އިތުރުން ކަޅު ކުލައިގެ މޮޑެލްތަކުންވެސް މިފަދަ ކުލަ ބަދަލުވުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި މައްސަލަ ފުރަތަމަ ފެންނަން ފަށަނީ ކެމެރާ ލެންސްތަކުގެ ވަށައިގެންނެވެ. އަދި އޭގެ ފަހުން ފޯނުގެ އެލުމިނިއަމް ފްރޭމަށް އެކަން ފެތުރިގެންދެއެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ގިނައިރު އަވީގައި ނުވަތަ އަލްޓްރާވައިލެޓް (ޔޫވީ) އައްޔަށް ފޯނު ހުށަހެޅުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ނަމަވެސް، ރައްކާތެރި ކަވަރެއް ބޭނުންކުރުމާއި ގަވާއިދުން ފޯނު ފޮހެ ސާފުކުރުމުން މި މައްސަލަ ކުޑަކުރެވޭ ކަމަށް ބައެއް ބޭނުންކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މިދިޔަ މަހު ބޭއްވި ”ސަޕްރައިޒް އެންޑް ޝައިން“ އިވެންޓުގައި ތައާރަފްކުރި މި ފޯނުތައް ބާޒާރަށް ނެރުނުތާ ކުރު މުއްދަތެއްގެ ތެރޭގައި މި މައްސަލަ ފެންމަތިވި ނަމަވެސް، އެޕަލްއިން އަދި މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ނެރުނު އައިފޯން 17 ޕްރޯ ސީރީޒްގެ ”ކޮސްމިކް އޮރެންޖް“ އަދި ”ޑީޕް ބްލޫ“ ކުލައިގެ ފޯނުތަކުންވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވިއެވެ.

އެޕަލްގެ އެންމެ ފަހުގެ މަތީ ފަންތީގެ މޮޑެލްތައް ކަމަށްވާ އައިފޯން 18 ޕްރޯގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު، ޕްރޯ މެކްސްގައި ހުންނަނީ 6.9 އިންޗީގެ ޑިސްޕްލޭއެކެވެ. މިއިން ކޮންމެ ފޯނެއްގައިވެސް އޭ20 ޕްރޯ ޕްރޮސެސަރާއި، 48 މެގާޕިކްސެލްގެ ވޭރިއަބަލް އެޕަޗާ ފިއުޝަން ޕްރައިމަރީ ކެމެރާއާއެކު ތިން ކެމެރާގެ ސެޓަޕެއް ހިމެނެއެވެ. މީގެ އިތުރުން އެޕަލްގެ އަމިއްލަ ސީ2 މޮޑެމްއާއި 18 މެގާޕިކްސެލްގެ ފްރޮންޓް ކެމެރާއެއްވެސް މި ފޯނުތަކުގައި ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
DSC_2131
ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ