Saturday, 17 October 2026
Ads by

ސްޓޮކް ލިބި އަންނަ ހަފުތާގައި ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ

ސްޓޮކް ލިބި އަންނަ ހަފުތާގައި ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ

އިމިގްރޭޝަން އޮފިސަރުން ޕާސްޕޯޓުގެ ޚިދުމަތް ދެނީ.. ފޮޓޯ| އިމިގްރޭޝަން

ޕާސްޕޯޓް ބުކްލެޓުގެ އައު ސްޓޮކް ލިބި، އަންނަ ހަފުތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުން ޕާސްޕޯޓު ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

Ad Image
Ads by

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ޕާސްޕޯޓް ބުކްލެޓްގެ އައު ސްޓޮކް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ލިބޭނެއެވެ. އަދި ސްޓޮކް ލިބުމާއެކު، ކުރިން ދިމާވި ދަތިތަކަށް ހައްލު އައިސް، ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް އަލުން ފެށިގެންދާނެއެވެ.

މި މައްސަލައާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ރޭ ވިދާޅުވެފައިވަނީ، ޕާސްޕޯޓު ލިބުމުގައި ދިމާވި ދަތިތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަގުތީ ބަދަލުތަކެއް ގެނައީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ބަދަލު ގެންނަން ޖެހުނީ ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއް ހައްލުވި ނަމަވެސް، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

އެ ދަތިތަކާ ގުޅިގެން އިމިގްރޭޝަނުން ނިންމާފައި އޮތީ ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު، އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދިނުމަށެވެ. އަދި އަލަށް ޕާސްޕޯޓް ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރަމުން ދިޔައީ ”އިމަޖެންސީ ޕާސްޕޯޓް“ އެކެވެ.

ނަމަވެސް، އަންނަ ހަފުތާގައި އައު ސްޓޮކް ލިބި ޚިދުމަތް އާންމު ހާލަތަށް ރުޖޫޢަވުމުން، އިމަޖެންސީ ޕާސްޕޯޓު ދޫކުރާނީ ހަމައެކަނި ޚާއްޞަ އިމަޖެންސީ ހާލަތްތަކުގައި އެކަންޏެވެ. މީގެއިތުރުން، ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދީފައިވާ ފަރާތްތަކާމެދު ދެން އަމަލުކުރާނެ އުސޫލުތައް ވެސް އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި