Saturday, 24 October 2026
Ads by

ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ 51 އިންސައްތަ ހަލާކުކޮށްލައިފިކަމަށް ޔޫކްރެއިނުން ބުނެފި

ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ 51 އިންސައްތަ ހަލާކުކޮށްލައިފިކަމަށް ޔޫކްރެއިނުން ބުނެފި

މޮސްކޯގެ ތެޔޮ ރިފައިނަރީއަށް ޔޫކްރޭނުން ދިން ޑްރޯން ޙަމަލާއަޖް ގުޅިގެން، އަލިފާން ރޯވެ ބޯ ދުމެއް އަރަމުންދާ މަންޒަރު ފެންނަނީ. 2026، ސެޕްޓެމްބަރު 20. (އޭއެފްޕީ)

ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ 51 އިންސައްތައަށްވުރެ ބޮޑު ބައެއް ޔޫކްރެއިންގެ ޑްރޯން ޙަމަލާތަކުގައި ހަލާކުކޮށްލާފައިވާކަމަށް ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

Ad Image
Ads by

މިކަން އިޢުލާނުކޮށްފައިވަނީ، ރަޝިޔާގެ މޮސްކޯ ސަރަޙައްދުގައި ހުންނަ އެންމެ ބޮޑު ތެޔޮ ރައްކާކުރާ މަރުކަޒު ކަމަށްވާ ވޮލޮޑާސްކް ފެސިލިޓީއަށް ޔޫކްރެއިންގެ ޑްރޯންތަކުން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ ޔެވްހެނީ ޚްމާރާ ބުނީ، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ 51 އިންސައްތަ ހަލާކުކޮށްލެވިފައިވާ ކަމަށާއި، މިއީ ރަޝިޔާގެ އިޤްތިޞާދަށާއި ސިފައިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ރަޝިޔާގެ ރައީސް ޕޫޓިންވެސް ވަނީ މި ޙަމަލާތަކުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް ގެއްލުންވެ، ޖީޑީޕީގެ 1 އިންސައްތަ ދަށްވެފައިވާކަމަށް އެއްބަސްވެފައެވެ.

ރަޝިޔާއިން ބުނާގޮތުގައި ޔޫކްރެއިންގެ 199 ޑްރޯނެއް އެމީހުން ވަނީ ވައްޓާލާފައެވެ. ނަމަވެސް މޮސްކޯއާ 40 ކިލޯމީޓަރު ދުރުގައި ހުންނަ ވޮލޮޑާސްކް މަރުކަޒަށް ޙަމަލާ އަރައި ވަނީ އަލިފާން ރޯވެފައެވެ. މިއީ އަހަރަކު 3 މިލިއަން ޓަނުގެ ތެޔޮ އުފައްދާ ތަނެކެވެ. އަދި މޮސްކޯގެ ބޮޑެތި އެއަރޕޯޓުތަކަށް ހޮޅި މެދުވެރިކޮށް ތެޔޮ ފޯރުކޮށްދެނީވެސް މި މަރުކަޒުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ