Ads by
ޚަބަރު
ގާސިމްގެ ރަނިން މޭޓް އަމީންއާއެކު ޖޭޕީގެ ގިނަ މެމްބަރުންތަކެއްގެ ތާއީދު ރައީސް ޞާލިޙަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިން މޭޓް އަމީން އިބްރާހިމް އާއި އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރަން ނިންމައިފިއެވެ.

Ads by Eki Online

ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ މުހައްމަދު ނާޒިލް، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ މެންބަރ ޔާމިން ރަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ހަސަން މުޤުނީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލީ އިބްރާހިމް ދީދީ ވެސް ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.

މި މެމްބަރުން ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމާފައިވާއިރު ރިޔާސީ އިންތިހާބުުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ވަކި ކޮޅަކަށް ނާރަން ވަނީ މީގެ ކުރިން އިއުލާންކޮށްފައެވެ.

އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައި ވީނަމަވެސް އެ ޕާޓީގެ ނަން ބޭނުން ނުކޮށް އަމިއްލަ ހައިސިއްޔަތުން އާންމު މެންބަރުންނަށް ފެންނަ ބޭފުޅަކަށް ތާއީދުކޮށް ވޯޓުލުމަކީ މައްސަލައެއް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *