Ads by
ޚަބަރު
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައީސް ޞާލިޙް އަތުރާލީ ވައްކަމުގެ ނެޓްވޯކެއް: އިންތި

ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަތުރާލީ ވައްކަމުގެ ނެޓްވޯކެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓްގެ އަގު ކުޑަ ކުރާނެ ކަމަށް ރައީސް ޞާލިޙް ވަޢުދުވި ނަމަވެސް އޭގެ ބަދަލުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަތުރާލީ ވައްކަމުގެ ނެޓްވޯކެއް ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ %39 ވޯޓެވެ. ލައްކައަކަށްވުރެ ގިނަ ވޯޓާއެކު (%46) އެއްވަނަ ހޯއްދެވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒެވެ. މިއާއެކު އިންތި ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން އެމްޑީޕީއިން ރިޔާސީ ކެމްޕެއިން ކުރަމުންދަނީ ދައުލަތުގެ ފައިސާ ބޭނުންކޮށްގެންނާ އެކަން ކުރަމުންދަނީ ލަދެއް ހަޔާތަކެއް ނެތް ފަދަ ގޮތަކަށްކަމަށް އިންތި މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އަދި ރައީސް ޞާލިޙްގެ ސަރުކާރުން ދެވަނަ ދައުރެއް ހޯދުމުގެ ގޮތުން އެތަކެއް ނަހަމަ އަމަލެއް ހިންގަމުންދާކަމަށް ވެސް އިންތި ވަނީ ތުހުމަތުކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *