Ads by
ޚަބަރު
ޑިމޮކްރެޓުންގެ ރައީސް ކަމަށް ހަސަން ލަތީފު ވެސް ވާދަ ކުރައްވަން ނިންމަވައިފި

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވަން ހަސަން ލަތީފު ނިންމަވައިފިއެވެ.

Ads by Eki Online

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެެވެ. ހަސަން ލަތީފު ގެންދަވަނީ އެ ޕާޓީގެ ވަގުތީ ޗެއާރޕާސަން ކަން ވެސް ކުރައްވަމުންނެވެ.

ހަސަން ލަތީފްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވަނީ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވަނީ މިރޭ އެ ޕާޓީން ބޭއްްވި އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައެވެ.

ޑިސެންބަރު މަހަށް އިންތިހާބު ފަސްކުރުމަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *