Sunday, 25 October 2026
Ads by

ރަސްމާލެ މަޝްރޫޢަކީ ރައީސް މުޢިއްޒު ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ސަބަބު: މަހުލޫފް

ރަސްމާލެ މަޝްރޫޢަކީ ރައީސް މުޢިއްޒު ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ސަބަބު: މަހުލޫފް

ރާއްޖެ މިއަދު ޕްރޮގްރާމްގައި މަޚުލޫފު ވާހަކަ ދައްކަނީ ---

ރަސްމާލެ މަޝްރޫޢަކީ ރާއްޖެއަށް އަންނާނެ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށާއި، މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ މައިގަނޑު ސަބަބަށް ވެގެންދާނެ ކަމަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބިރުގަންނަނީ މިއީ ޙަޤީޤަތަކަށް ހެދުމުގެ ފުރިހަމަ ޤާބިލުކަން ހުރި ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢަކަށްވާތީ ކަމަށެވެ. އަދި މިއީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެއިން ނުހަނު ބޮޑު ފައިދާއެއް ލިބިގެންދާނެ ތަރައްޤީގެ ބޮޑު މަޝްރޫޢެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި 20 ބިލިއަން ޑޮލަރުގެ މިފަދަ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެއަށް ގެނެވުމުން، އޭގެ ސަބަބުން 50،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، ދިވެހި ކުންފުނިތަކަށާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި މެދުއިރުމަތީގެ މަޝްރޫޢުތަކަށް ސަމާލުކަންދޭ ބޮޑެތި އިންވެސްޓަރުންގެ ޝައުޤުވެރިކަންވެސް މި މަޝްރޫޢަށް ލިބެމުންދާކަން އޭނާ ހާމަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން މި މަޝްރޫޢު ހުއްޓުވުމަށް ނުވަތަ އަގުވައްޓާލުމަށް މަސައްކަތް ކުރި ނަމަވެސް، މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްގޮސް ކާމިޔާބުވާނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އަންނަން އޮތް ސަރުކާރުތަކުންވެސް މި މަޝްރޫޢު ހުއްޓާނުލައި، އިތުރު އެއްބާރުލުންދީގެން ކުރިއަށްގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި