Ads by
ޚަބަރު
ނިޒާމީ ވޯޓު ނެގުމާ މެދު އެމްޑީޕީން ގޮތެއް ނިންމާނީ އިންތިހާބަށް ފަހު: ރައީސް ޞާލިޙް 

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު އެމްޑީޕީން ގޮތް ނިންމާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ކަމަށް އެ ޕާޓީގެ ރިޔާސީި ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙް މިއަދު ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމާމެދު އެމަނިކުފާނުގެ މައްސަލައެއް ނެތް ކަމަށާއި ޕާޓީގެ ފަރާތުން އެކަމާ މެދު ގޮތެއް ނިންމާނީ އިންތިހާބަށް ފަހު ކަމަށެވެ.

އަދި މަޖިލީހުން ނިންމާފައިވާ ނިންމުމާއެކު ކުރިޔަށްދާނެ ކަމަށާއި ގަރާރު ވެސް ފާސްކޮށް މިހާރު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ގަރާރު ފާސްކުރީ މަޖިލީހުގެ 35 މެމްބަރުންގެ ތާއިދާއެކުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *