Saturday, 24 October 2026
Ads by

އުޅަނދުތަކުން ތިލަފުއްޓަށް ކުނި ވަކިކޮށްގެން ގެންދަން ވެމްކޯއިން އިލްތިމާސްކޮށްފި

އުޅަނދުތަކުން ތިލަފުއްޓަށް ކުނި ވަކިކޮށްގެން ގެންދަން ވެމްކޯއިން އިލްތިމާސްކޮށްފި

ތިލަފުށި---

ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފެސިލިޓީން ހިދުމަތް ދޭނީ، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުނި ގިންތިކޮށް ވަކިކޮށްގެން ގެންނަ އުޅަނދުފަހަރަށް އެކަނި ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

Ad Image
Ads by

ވެމްކޯއިން މިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކުނި ގެނައުމާއި ހިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ލާޒިމުކޮށްފައިވީ ނަމަވެސް، ގިނަ އުޅަނދުފަހަރުން އެއްވެސް ތަރުތީބެއް ނެތި ކުނި އެއްކޮށްގެން ގެންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކަންމިހެން އޮތުމުން ތިލަފުށީ ފެސިލިޓީއަށް ގެންނަ ކުނި ހުންނަންވާނީ ގަސްކުނި، ބަދިގެ ކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުނޑި، ބިއްލޫރި އަދި އެހެނިހެން ބާވަތްތަކަށް ވަކިވަކިން ގިންތިކުރެވިފައި ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. މީގެއިތުރުން، އުޅަނދުފަހަރަށް ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގު ނުވަތަ ކާގޯ ނެޓު ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މިފަދައިން އަމަލުކުރުމަކީ އުޅަނދުތަކުން ކުނި ބޭލުމަށް ހޭދަވާ ވަގުތު ކުޑަވެ، ހިދުމަތް ދޭ ފަރާތަށާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ލިބޭނެ ބޮޑު ލުޔެކެވެ. ހަމައެއާއެކު، މޫދަށް ކުނި އެޅުން ފަދަ ތިމާވެށްޓަށް ގެއްލުންހުރި ކަންކަމުން ރައްކާތެރިވުމަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

ވެމްކޯއިން އިތުރަށް ބުނީ، މި އުސޫލުތަކާ ހިލާފަށް ތިލަފުއްޓަށް ކުނި ގެންނަ ފަރާތްތަކަށް އެއްވެސް ހިދުމަތެއް ނުދެވޭނެ ކަމަށާއި، މި ފިޔަވަޅަކީ ކަނޑައެޅިފައިވާ ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވައި އެ އުސޫލުތައް ތަންފީޒުކުރުމަށް ބާރުއެޅުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި