Saturday, 17 October 2026
Ads by

ފްލައިދުބާއީގެ ޙާދިސާގައި ސަޢޫދީން ޢަމަލުކުރި ގޮތާމެދު އިޒްރޭލުން ޝުކުރު އަދާކޮށްފި

ފްލައިދުބާއީގެ ޙާދިސާގައި ސަޢޫދީން ޢަމަލުކުރި ގޮތާމެދު އިޒްރޭލުން ޝުކުރު އަދާކޮށްފި

ސަޢޫދީ ޢަރަބިއްޔާއިން ފުރައިގެން ދަތުރުކުރި ފްލައި ދުބާއީގެ ރެސްކިއު ފްލައިޓް، އިމަޖެންސީ ލޭންޑިންގ އަށްފަހު ފަސިންޖަރުން ގޮވައިގެން ދަތުރުކޮށް ފަހުން ޖައްސާފައިވަނީ އިޒްރޭލުގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. (ދަ ޓައިމްސް އޮފް އިސްރާއީލް)

ފްލައިދުބާއީގެ ބޯޓު (FZ1073) ވައްޓާލަން އުޅުނު ޙާދިސާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ކަންކަން ހަމަޖެއްސި ގޮތަށް އިޒްރޭލު ސަރުކާރުން ރަސްމީކޮށް ޝުކުރު އަދާކޮށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ.

Ad Image
Ads by

އަލް ޢަރަބިއްޔާ ނޫހަށް މަޢުލޫމާތު ދެއްވަމުން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ޑޮރޮން ސްޕީލްމަން ބުނީ، ސަޢޫދީއިން މި މައްސަލަ ހޭންޑަލްކުރީ ވަރަށް ”ޕްރޮފެޝަނަލް“ ކޮށް ކަމަށާއި، ކޮންމެ އިޒްރޭލު ރައްޔިތަކުވެސް ސަޢޫދީއަށް ޝުކުރުވެރިވާ ކަމަށެވެ.

150 އަށްވުރެ ގިނަ އިޒްރޭލު ރައްޔިތުންނާއެކު ދަތުރުކުރި މި ބޯޓު ސަޢޫދީގެ ތަބޫކަށް ޖެއްސުމާއެކު، ސަޢޫދީގެ ސަލާމަތީ ބާރުތަކުން ވަނީ ބޯޓަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ. ބޯޓު ވައްޓާލަން މަސައްކަތްކުރި އޮމާނުގެ ކޯ-ޕައިލެޓް ސަޢޫދީ ފުލުހުން ވަނީ ވަގުތުން ހައްޔަރުކޮށްފައެވެ. އަދި އަނިޔާވި ކެޕްޓަނަށް ސަޢޫދީގެ ޞިއްޙީ އެހީތެރިން ވަނީ ފަރުވާދީފައެވެ.

އިޒްރޭލާ ސަޢޫދީއާ ދެމެދު ރަސްމީ ސިޔާސީ ގުޅުމެއް ނެތް ނަމަވެސް، މި ޙާދިސާއިން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި ސިއްރު ނަމަވެސް ވަރުގަދަ ސަލާމަތީ ގުޅުންތަކެއް އޮތްކަމެވެ. ސަޢޫދީގެ ރަސްމީ މީޑިއާއެއް މެދުވެރިކޮށް އިޒްރޭލަށް ޝުކުރު އަދާކުރުމަކީ ސިޔާސީ ގޮތުން ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުޙައްލިލުން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި