Saturday, 17 October 2026
Ads by

އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް!

އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް!

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެމްޓީސީސީ

މާލޭގެ އެންމެ ކާރޫބާރު ބޮޑު 2 މަގު ކަމަށްވާ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް، މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އަމީނީ މަގުގެ 3 ވަނަ ސެގްމަންޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

Ad Image
Ads by

މި މަސައްކަތުގެ ދަށުން، ޢިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ ސެގްމަންޓް 3 ގެ 1,924.77 އަކަމީޓަރުގެ ސަރަހައްދެއްގައި ހުރި ތާރު ނަގައި، އަލުން އޭބީސީ ލޭޔާއާއި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ސެގްމަންޓް 3 ގެ މަސައްކަތް ނިމުމުން، ކޯރުކެނޑި ހިނގުމުން ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ. މި ސެގްމަންޓްގައި 1,148.91 އަކަމީޓަރުގެ ސަރަހައްދެއްގައި މަގު މަރާމާތުކޮށް، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ ކުންފުނިން ވަނީ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތްތައް އެއްކޮށް ނިންމައި، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

މީގެ އިތުރުން މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް މަރާމާތުކުރުމަށްޓަކައި ރޭ ދަންވަރު 12:00 އިން ފެށިގެން އެ މަގު ބަންދުކޮށްފައިވާ ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްފައެވެ. މިއަދު އެ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާތީ، ތާޖުއްދީން ހިނގުމާއި އަމީނީ މަގާ ދެމެދުގައި އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައި، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލްއާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މި މަޝްރޫއުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަވެ، މާލެއަކީ ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށް ތަރައްގީކުރެވިފައިވާ ސިޓީއަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި