Saturday, 17 October 2026
Ads by

”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި

”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި

އައިޝަތު އީޝާ އަޝްރަފް---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ހަގީގަތާ ހިލާފު ބޮޑެތި ދޮގު ތުހުމަތުތަކެއްކޮށް، ”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން އައިޝަތު ޢީޝާ އަޝްރަފްގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފިއެވެ.

Ad Image
Ads by

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 10:00 ގައި ތާވަލުކުރެވުނު މި އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމީ ދައުލަތުގެ ފަރާތުން އެގޮތަށް އެދުމުންނެވެ.

މި މައްސަލަ ކުރިއަށްދަނީ އެ ކޯޓުގެ ބީ 1 ސެކްޝަންގައެވެ. މި ސެކްޝަން ހިންގަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ. މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް މީގެ ކުރިން އީޝާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، އޭނާ ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިއެވެ.

މީގެއިތުރުން، މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ”އަދަދު“ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މި ދެ މީހުންގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަޒުފުގެ ދައުވާ އުފުލައިފައެވެ.

މި މައްސަލައިގެ ހައްސާސްކަމަށް ބަލައި، ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ ”ގެގް“ އަމުރެއް ވެސް ނެރެފައެވެ. އެ އަމުރާ ހިލާފުވުމުން ”އަދަދު“ ނޫހުގެ ދެ ނޫސްވެރިޔަކު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި، އެ މީހުން ޖަލަށް ލުމަށްވެސް ކޯޓުން މީގެކުރިން ވަނީ ހުކުމްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ކަކުނި
ކަކުނި
11 ދުވަސް ކުރިން

އަންހެން ގާޒީއެއް ނެތީތޯ?

އަފު
އަފު
11 ދުވަސް ކުރިން

މީ ލަދެއް ޙަޔާތެއްހުރި އަންހެނެއްނޫން އަމިއްލައަޢް ރުހިގެން ފާފައެއްކޮއްފަ ބޭޒާރުވަނީ ތިމާ

Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި