Sunday, 25 October 2026
Ads by

އަމިއްލަ އުޅަނދުތަކުގައި ލިމިޓެއް ނެތި ގާކުނޑި އުކާލެވޭނެ އިންތިޒާމު މާލެއާއި ހުޅުމާލޭގައި ހަމަޖައްސައިފި

އަމިއްލަ އުޅަނދުތަކުގައި ލިމިޓެއް ނެތި ގާކުނޑި އުކާލެވޭނެ އިންތިޒާމު މާލެއާއި ހުޅުމާލޭގައި ހަމަޖައްސައިފި

ވެމްކޯގެ ވެހިކަލްތަކެއް ----

މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އިމާރާތްކުރުމަށް ބޭނުންކުރާ ކުނި ނުވަތަ ގާކުނޑި އުކާލުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަމިއްލަ އުޅަނދުފަހަރުގައި އެއްވެސް ލިމިޓެއް ނެތި ގާކުނޑި އުކާލެވޭނެ އިންތިޒާމު ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަމަޖައްސައިފިއެވެ.

Ad Image
Ads by

މިއަދުން ފެށިގެން އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން، އާންމުންނަށް އެމީހުންގެ އަމިއްލަ ވެހިކަލްތަކުގައި ވެމްކޯގެ މާލެ އަދި ހުޅުމާލޭގެ ރިސޯސް ރިކަވަރީ ފެސިލިޓީތަކަށް ގާކުނޑި ގެންގޮސްގެން އުކާލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވެމްކޯއިން މަޢުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެންނަން ނިންމީ ގާކުނޑި އުކާލުމުގައި ދިމާވާ ދަތިތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އެ ކޯޕަރޭޝަނަށް ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދިއުމާ ގުޅިގެންނެވެ. އެހެންކަމުން މި ޚިދުމަތް ކުރިއަށްވުރެ ހަލުވިކޮށް އަދި ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ މި ބަދަލުގެ މައިގަނޑު މަޤްޞަދެވެ.

ނަމަވެސް، އަމިއްލަ އުޅަނދުތަކުގައި ފެސިލިޓީތަކަށް ގެންދާ ގާކުނޑި ހުންނަންވާނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޚާއްޞަ އުސޫލުތަކާ އެއްގޮތަށް ވަކިކޮށްފައި ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ.

މި ގެނެވުނު އާ ބަދަލާއެކު މާލެ ސަރަހައްދުގައި އިމާރާތްކުރުމުގެ މަސައްކަތްތަކުން އުފެދޭ ކުނި ނައްތާލުމުގައި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި