Ads by
ޚަބަރު
މާލެ ސަރަހައްދުން އިތުރު ގޯއްޗާއި ފްލެޓަށް ހުޅުވާލަނީ
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތަކަށް ގޯތި ހަވާލުކުރަނީ.. ފޮޓޯ: މިހާރު

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އިތުރު ގޯއްޗާއި ފްލެޓަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުަވެއްޖެއެވެ.

Ads by Eki Online

އަކްރަމް މިއަދު ވިދާޅުވީ މާދަމާގެ ކުރިން މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 ގޯތި ދޫކުރުމަށް ހުޅުވައިލާނެ ކަމަށެވެ.

މިފަހަރު ދޫކުރާ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާއިރު، މީގެކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އިއުލާންކުރި އުސޫލަށް ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު މިފަހަރު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އިއުލާނު ކުރި ގޯތިތައް މިހާރު ވަނީ ލިބޭނެ ހައްގުވެރިން ކަނޑައަޅައި އަދި ލިބޭނެ ތަންތަން ވެސް ގުރުއަތުން ހޮވައިފައެވެ. މިހާރު ކުރިއަށް ދަނީ ގޯތި ލިބުނު މީހުންނަށް އެތަންތަން ހަވާލު ކުރުމުގެ މަސައްކަތެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

0079 މަސް ކުރިން

ކުރިންވެސް ދިމާވި އެކަމަކު ހަވާލުކުރާ ދުވަހެއް ނާދެ ފޭކުވާހަކަ ނުދައްކާ

0
0