Saturday, 24 October 2026
Ads by

ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ޒުވާނުން އިސްނަގަންޖެހޭ: ނައިބު ރައީސް

ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ޒުވާނުން އިސްނަގަންޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ޒުވާނުން އަމިއްލައަށް އިސްނަގަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

Ad Image
Ads by

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، މިއަހަރުގެ ވިލާ ކޮލެޖުގެ ”ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް“ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ދަސްވެނިވި ދަރިވަރުން ހާސިލުކުރި އިލްމާއި ހުނަރުގެ ބޭނުން ހިފައިގެން، ގައުމީ ތަރައްގީއަށް މުހިންމު ދާއިރާތަކުން އީޖާދީ ހައްލުތައް ހޯދުމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް، މުޅި މުޖުތަމައަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ދަރިވަރުންގެ ފިކުރާއި ވިސްނުން އަމާޒުކުރަންޖެހޭ ކަމަށާއި، ދަރިވަރުން އެ މަގަށް މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދަސްވެނިވި ބައެއް ދަރިވަރުންނަކީ މިހާރުވެސް އަމަލީ މައިދާނުގައި ޒިންމާދާރު މަގާމުތައް ފުރަމުންދާ ފަރާތްތައްކަން ފާހަގަކުރައްވަމުން، އަލަށް ވަޒީފާގެ ބާޒާރަށް ނުކުންނަ ދަރިވަރުންނާއެކު، މުއައްސަސާތަކުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ދަރިވަރުންގެ އީޖާދީ ވިސްނުމުގެ ބޭނުން ހިފުމަށް ނައިބު ރައީސް ބާރުއެޅުއްވިއެވެ. ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އުންމީދާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެ ލަނޑުދަނޑި ހާސިލުކުރުމުގައި ޒުވާނުން އިސްނަގައިގެން ކުރިއަށް ނުކުތުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

”ރައީސް ވަނީ މި ތަސައްވުރަށް ވާސިލުވުމަށް މަސައްކަތް ފަށާފައި. އެއީ، 2040 ވަނަ އަހަރު ދިވެހިރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވަރު. މި ތަސައްވުރު ހާސިލުކުރަން ތިޔަ އެންމެހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ. ހާއްސަކޮށް ޒުވާނުން އިސްނަގައިގެން އީޖާދީ ވިސްނުންތައް ބޭނުން ކުރައްވައިގެން މި މަސައްކަތުގައި އަމިއްލަފުޅަށް ބައިވެރިވާނެ.“ – ނައިބު ރައީސް ވިދާޅުވިއެވެ.

ތައުލީމީ ނިޒާމުގެ މުހިންމުކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވެގެންދާތަން ފެނުމަކީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދޭ އަހައްމިއްޔަތު ފެނިގެންދާ ކަމެއް ކަމަށެވެ. އެ މަނިކުފާނު ވަނީ، ކުރިމަގުގައި މަސައްކަތް ކުރާއިރު ޒަމާނީ ވަސީލަތްތަކަށާއި ހުނަރުވެރިކަމަށް އިސްކަންދިނުމަށް ގޮވާލައްވައިފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ވިލާ ކޮލެޖުން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރައްވަމުންނެވެ. އަދި ކޮލެޖުގެ ބާނީ ޤާސިމް އިބްރާހީމް އަދި ކޮލެޖުގެ ވެރިން ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި