Sunday, 8 November 2026
Ads by

ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި

ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި

ދުބާއީން ފުރައިގެން އިޒްރޭލަށް މިދިޔަ ބުދަ ދުވަހު ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި، އެ އެއާލައިންގައި މަސައްކަތްކުރާ ދެ ދިވެއްސަކު ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރޭ ހައްޔަރުކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭގެ ވަގުތެއްގައި ދުބާއީން ދެ ދިވެއްސަކު ހާޒިރުކޮށް ސުވާލުކުރި ކަމަށާއި، އެއީ ފްލައިދުބާއީގެ ވަޒީފާއާ ވަރަށް ފަހުން ގުޅުނު ދެ މުވައްޒަފުން ކަމަށެވެ.

ނަމަވެސް އެ ދިވެހީންނާ، ފްލައިދުބާއީގެ ފްލައިޓް ވައްޓާލަން އުޅުނު މައްސަލައާ އޮތް ގުޅުމެއް އަދި ޔަގީންނުވާ ކަމަށާއި، އެ މީހުންނަކީ އެއްވެސް ކުށެއް ކުރިކަމަށް ބެލެވޭ ނުވަތަ ކޮން ތުހުމަތެއްގައި ގެންދިޔަ ބައެއްކަން އަދި ސާފުނުވާކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެ މީހުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޔޫއޭއީގެ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ 174 ފަސިންޖަރުންނާއި 8 ކުރޫންނާއެކު ދުބާއީން އިޒްރޭލުގެ ތެލް އަވީވްއަށް ދަތުރުކުރި ފްލައިޓެއްގައެވެ. ފްލައިޓް ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި، ބޯޓުން ފުރަތަމަ 7700 ގެ އިމަޖެންސީ ކޯޑު ފޮނުވުމަށްފަހު، އޭގެ ހަތް މިނެޓު ފަހުން ވަނީ ހައިޖެކްކުރުން ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ހިނގާކަން އަންގައިދޭ 7500 ގެ ކޯޑު ފޮނުވާފައެވެ. އަދި އެއާއެކު ގާތްގަނޑަކަށް 29 ސިކުންތުގެ ކުރު މުއްދަތެއްގެ ތެރޭގައި ބޯޓު ވަނީ 14،000 ފޫޓަށް ތިރިކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުން ބުނެފައިވަނީ، ބޯޓުގެ މިސްރާބު ބަދަލުކޮށް ސައުދީ އަރަބިއްޔާއަށް ޖައްސަން ޖެހުނީ ބޯޓު ހައިޖެކްކޮށްގެން ނޫން ކަމަށާއި، އެއީ އެއްވެސް ސަލާމަތީ ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ، އެއީ ބޯޓު ވައްޓާލުމުގެ ނިޔަތުގައި ކޯޕައިލެޓް ދިން ހަމަލާއެއް ކަމަށާއި އެއީ ޓެރަރިޒަމްގެ ނުރައްކާތެރި އަމަލެއް ކަމަށް ހާމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
big_NJrEImHlrbsoy1YUi0K80GoxO
ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
big_SP4z4IpTcEiXcm5ihCjCh7gIf
ފެންފުއްޓާ ފަރަށް އެރި 'ދެރަހަ' ބޯޓުން 10 މީހުން ސަލާމަތްކޮށްފި
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުން ބޭރުކޮށްފި
ndnuj
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި