Saturday, 24 October 2026
Ads by

އެމްޑީޕީގެ އިންވެސްޓްމަންޓް ފޯރަމަކީ ސިޔާސީ އެގްޒިބިޝަން-ޑްރާމާއެއް: ޝާހިދު

އެމްޑީޕީގެ އިންވެސްޓްމަންޓް ފޯރަމަކީ ސިޔާސީ އެގްޒިބިޝަން-ޑްރާމާއެއް: ޝާހިދު

ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ---

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ފެނިގެންދަނީ ސިޔާސީ ”އެގްޒިބިޝަނެއް“ ކަމަށާއި، އެއީ ސަރުކާރުން ގެންނަމުންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ކުލަ ކަނޑުވާލުމަށް ކުޅޭ ސިޔާސީ ޑްރާމާއެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްއިން އަނެއްކާވެސް ފެނިގެންދަނީ ރައީސް މުޙައްމަދު ނަޝީދުގެ ރިޔާސީ ކެމްޕޭނުގައި ދެއްކެވި ފަދަ ހުވަފެނީ ”މެނިފެސްޓޯ“ ޑްރާމާއެއް ކަމަށެވެ. އަދި ރައްޔިތުންނަށް އަބަދުވެސް ދައްކަނީ ކުލަކުލައިގެ ޕްރޮޕޯސަލްތައް ކަމަށާއި، ނަމަވެސް އެއިން ލިބެނީ ސިފަ ނުވާ ބިލާހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންވެސްޓްމަންޓް ފޯރަމެއްގެ ނަމުގައި ކައުންސިލަރުން ލައްވައި ޕްރެޒެންޓޭޝަންތައް ދެއްކެވީ ހަމައެކަނި އެމްޑީޕީގެ އަމިއްލަ ޕާޓީގެ އެކްޓިވިސްޓުންނަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ފޯރަމްގައި އިންވެސްޓަރުން ތިބީ ކޮން ތަނެއްގައިތޯ ސުވާލު އުފައްދަވަމުން، މިއީ ހަގީގީ އިންވެސްޓްމަންޓް ފޯރަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ސިޔާސީ އެގްޒިބިޝަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ކުޅިގަނޑަކީ ސަރުކާރުން ގެނެސްފައިވާ ބިޔަ އިންވެސްޓްމަންޓްތައް ހަޖަމް ނުކުރެވިގެން، ކޮންގްރެސްގައި ހުވަފެނުގެ ޕްރޮޕޯސަލްތައް ހުށަހަޅައިގެން ސަރުކާރުގެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ކުލަ ކަނޑުވާލުމަށް ކުޅޭ ކުޅިގަނޑެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ޑްރާމާތަކުގެ ހަގީގަތް މިއަދު ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20261020_142125
އިންޑިއާގެ އައްސާމްގައި 1،100 އަށްވުރެ ގިނަ މުސްލިމް ޢާއިލާތައް މަގުމަތިކޮށް، ގިނަ މިސްކިތްތަކާ ގެތަކެއް ބިމާހަމަކޮށްފި
large (1)
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު އިފުތިތާޙުކޮށްފި
IMG_9434
އަރުމޭނިއާގެ ޝިރަކް އޭވިއާއިން ރާއްޖެއަށް ދަތުރުތައް ފަށަނީ
images (3)
ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއް ހެދުމުން އިންޑިއާ ކަންބޮޑުވެދާނެތީ ނަޝީދު ނުރުހިއްޖެ
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ