Saturday, 17 October 2026
Ads by

އެމްޑީޕީގެ އިންވެސްޓްމެންޓް ފޯރަމަކީ ކައުންސިލްތަކަށް ކުރާ މަލާމާތެއް: ޝުޖާއު

އެމްޑީޕީގެ އިންވެސްޓްމެންޓް ފޯރަމަކީ ކައުންސިލްތަކަށް ކުރާ މަލާމާތެއް: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު.. ފޮޓޯ| ޕީއެންސީ

އެމްޑީޕީއަށް އާރާއި ބާރާއި އޮތް އިރުވެސް ކައުންސިލްތަކަށް އިންވެސްޓް ހޯދައި ނުދެވުނުކަމަށާއި، މިހާރު އެ ބާރު ނެތްއިރު ވަކި އިންވެސްޓް ހޯދޭނެތޯ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ސުވާލު އުފައްދަވައިފިއެވެ. ޝުޖާއު މިކަން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad Image
Ads by

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، 19 ވަނަ މަޖިލީހުން 2010 ވަނަ އަހަރުގެ ލާމަރުކަޒީ ގާނޫނަށް (ގާނޫނު ނަންބަރު 7/2010) ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދިނެވެ. އޭގެ ފަހުން އައި ކައުންސިލް އިންތިހާބުގައި ގިނަ ރަށު ކައުންސިލްތަކެއް އެމްޑީޕީން ހޯދިއެވެ. އެ ދުވަސްވަރު ސަރުކާރާއި، މަޖިލީހާއި، މުޅި ސިސްޓަމް އޮތީ އެމްޑީޕީގެ މުށުތެރޭގައެވެ.

އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކަށް ދަރަންޏަށް ޒިންމާވާ ގޮތަށް ލޯނު ނެގުމާއި، ކުންފުނި ހެދުމާއި، ފަޅު ރަށް ދިނުންފަދަ ބޮޑެތި ބާރުތަކެއް ދެވިފައި އޮތް ނަމަވެސް، އެ ވަގުތު ވެރިކަމުގައި އޮތް ޕާޓީގެ ހައިސިއްޔަތުން ކައުންސިލްތަކަށް އިންވެސްޓް ފުރުސަތެއް ހޯދައި ނުދެވުނު ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ. މިހާރު އެ ބާރުތައް އެމްޑީޕީއަށް ނެތް އިރު، އިންވެސްޓް ހޯދޭނެ ގޮތަކާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ޝުޖާއު ވިދާޅުވީ، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ގާނޫނުން ދެވުނު އިރުވެސް، އެ ބާރުތައް ނުހިނގާ އޮތީ އެއް ކައުންސިލްގައި ކަމަށެވެ. އެއީ މާލޭ ސިޓީ ކައުންސިލް ކަމަށާއި، އެ ކައުންސިލަށް ސަރުކާރުން ހުރިހާ ކަމެއް އޮތީ އޭރު މަނާކޮށްފައި ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން، ކުންފުނި ހެދުމާއި، ހައުސިންގ ޕްރޮޖެކްޓްތައް (ޕްރޮޖެކްޓް ފައިނޭންސްއާއެކު ގެނައުމަށް ވެސް)، އަދި ރައްޔިތުން އެދޭ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ދަރަންޏަށް ޒިންމާވާ ގޮތަށް ލޯނު ނެގުން ފަދަ ކަންކަން އެމްޑީޕީ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް މަނާކުރިކަމަށް އޭނާ ވިދާޅުވިއެވެ. އޭރު މާލެސިޓީ ކައުންސިލްގައި އޮތީ އޭރުގެ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީއެވެ.

މިކަންކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، އެމްޑީޕީން އިއްޔެ ބޭއްވި ޕާޓީގެ އިންވެސްޓް ފޯރަމަކީ އެމްޑީޕީ ކައުންސިލްތަކަށް ކުރާ މަލާމާތެއް ކަމަށް އޭނާގެ ބުއްދި ބުނާ ކަމަށެވެ. ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަށް 19 ވަނަ މަޖިލީހުގައި ގަރާރު ހުށަހަޅުއްވައި، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ބަހުސްތަކުގައި ފުޅާކޮށް ވާހަކަދެއްކެވި ފަރާތްތަކުގެ ތެރެއިން ގިނަ ބޭފުޅުން އެ ފޯރަމުން ފެނިފައި ނުވާތީ، އެމްޑީޕީގެ މިހާރުގެ އަމަލުތަކާމެދު ޝުޖާއު ވަނީ ސުވާލު އުފައްދަވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި