ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޝަންގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދެވުމަށްޓަކައި އިންޑިއާގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.
އަލްއުސްތާޛާ ފާޠިމަތު ސައުސަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެމްބަރުކަމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.
ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އަލްއުސްތާޛާ ފާޠިމަތު ސައުސަންއަކީ، ގާނޫނީ ވަކީލެއްގެ ގޮތުންނާއި، ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ނިޔާވި ހަބަރަކީ ގާނޫނީ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެކެވެ.










