Ads by
ޚަބަރު
ޕީޕީއެމްގެ ވެރިކަމުގައި މަޖިލީހުގައި ބޮޑު ތަޅު އެޅުވި, އަނބުރާ އެ އަނިޔާވެރިކަމަށް ދާން ބޭނުމެއް ނޫން: މަހްލޫފް 

އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި މަޖިލީހުގެ ކަރާމާތް ނަގާލާ ބޮޑު ތަޅު އެޅުވި ކަމަށާއި އަނބުރާ އެ އަނިޔާވެރިކަމަށް ދާން ބޭނުން ނުވާ ކަމަށް ޔޫތް މިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ނަގާލާ ސިފައިން ބޭނުންކޮށްގެ މަޖިލީހުގައި ބޮޑު ތަޅު އަޅުވާ، މަޖިލިސް މެންބަރު ފާރުމަތިން އުކާލާފައިވާ ކަމަށެވެ.

އަދި އެތައް މަޖިލިސް މެންބަރުންނެއް ޖަލައްލާ، 12 މެންބަރުންގެ ގޮނޑި ގެއްލުވާލީ ވެސް ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި “އެނބުރި މި އަނިޔާވެރިކަމަށް ދާކަށް ބޭނުމެއް ނޫން” ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކައިރިވަމުންދާއިރު މަހްލޫފް ގެންދަވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީޕީއެމް ކާމިޔާބުވުމުން ‏”އުޑުގަޖެހިފަ ބިމުގައި ޖެހޭވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް” އަދި ނުވާ ކަމަށް މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ ރަށްރަށުގެ އެމްޑީޕީ ހަރުގެދޮށަށް އެއްވެ އަދި ސޯޝަލް މީޑިއާގައި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ޕީޕީއެމްގެ މެމްބަރުން މަލާމާތް ކޮށް ފުރައްސާރަކުރާ ހިސާބަށް ގެންދިޔައީ އަދި މާއަވަހަށް ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *