Ads by
ޚަބަރު
މިއަދު ހަވީރު އެމްޑީޕީން މުޅި ރާއްޖޭގައި “ދޮރުން ދޮރަށް” ހަރަކާތެއް ހިންގަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށް މިއަދު ހަވީރު މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންދަން އެ ޕާޓީން ނިންމައިފިއެވެ.

Ads by Eki Online

މި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނީ މިއަދު ހަވީރު 4 އިން އިރުއޮއްސި 6 ގެ ނިޔަލަށެވެ.

މި ހަރަކާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ގެންދަވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވަމުންނެވެ.

ރައީސް ވަނީ މާފަންނު, ހެންވޭރު އުތުރު, ދެކުނުގެ, މެދު ހެންވޭރު, ހެންވޭރު ހުޅަނގު އަދި މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކުރިޔަށްގެންދަވާފައެވެ. މީގެ އިތުރުން އިއްޔެ އެމަނިކުފާނު ވަނީ ވިލިމާލެއަށްވެސް ވަޑައިގަންނަވާފައިވެއެވެ.

ރައީސް ޞާލިޙް މާލެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *