Saturday, 17 October 2026
Ads by

ނިވާކަން ކުޑަކޮށް ހެދުން އަޅާ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ނިވާކަން ކުޑަކޮށް ހެދުން އަޅާ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އާންމު އަޚްލާގީ މިންގަނޑުތަކާ ޚިލާފަށް، ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭ ބިދޭސީންނާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ފުލުހުން މިކަން ހާމަކުރެއްވީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ނެރުއްވި ބަޔާނެއްގައެވެ.

Ad Image
Ads by

ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު ތަންތަނާއި މަގުމައްޗަށް ނުކުމެ އުޅޭއިރު، ދިވެހި މުޖުތަމަޢުގެ އަޚްލާގީ މިންގަނޑުތަކާ ނުގުޅޭ ގޮތަށް ނިވާކަން ކުޑަ ހެދުން އަޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ އަމަލުތަކަކީ މުޖުތަމަޢުގެ ސުލޫކީ މިންގަނޑުތައް ގެއްލި، އަމާންކަމާއި ސުލްހަ މަސަލަސްކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށްވާތީ، އެފަދަ ހާލަތެއް މެދުވެރިވުމުގެ ކުރިން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީވެސް މުޖުތަމަޢުގެ އިޖުތިމާޢީ އަދި އަޚްލާގީ ހަމަތައް ހިފެހެއްޓުމުގެ މަސްއޫލިއްޔަތު އޮތް ފަރާތެއްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، ބިދޭސީންވެސް ދިވެހިންގެ ސަގާފަތާއި އިސްލާމީ އާދަކާދަތަކަށް ފުރިހަމައަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިފަދަ ކަންކަމަށް ހޭލުންތެރިކުރުވައި، އެފަދަ އަމަލުތައް ނުފެންނާނެހެން ބެލެހެއްޓުމަށް އެ ފަރާތްތަކުގެ ސްޕޮންސަރުންނަށާއި ވަޒީފާދޭ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް، އެމީހުންނަށް ޚާއްސަކޮށްފައިވާ ރިސޯޓުތައް ފަދަ ސަރަހައްދުތައް ފިޔަވައި، އާންމުން ދިރިއުޅޭ ރަށްރަށުގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭއިރު ރާއްޖޭގެ އަޚްލާގީ މިންގަނޑުތަކަށް އިހުތިރާމުކުރުމަށް ސަމާލުކަން ދިނުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުންގެ މި ނަސޭހަތާއި އިލްތިމާސްތަކާ ޚިލާފުވެ، އާންމު އިޖުތިމާޢީ މިންގަނޑުތައް ފަހަނައަޅައިދާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި