Ads by
ޚަބަރު
މި ނިކުންނަނީ އާ އަޒުމަކާ އެކު ދެވަނަ ބުރު ކާމިޔާބުކުރަން: މާރިޔާ

މިހާރު މި ނިކުންނަނީ އާ އަޒުމަކާ އެކު ދެވަނަ ބުރު ކާމިޔާބުކުރަން ކަމަށް ފެންސް މިނިސްޓަރ އަލްއުސްތާޛް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އެމްޑީޕީން އަބަދު ވެސް ކަންކުރާ ގޮތަކީ އެއީ ކަމަށާއި ޕޮލިސީތަކަށް އަަމަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

” އަޅުގަނޑުމެން މިހާރު މި ނިކުންނަކީ އާ އަޒުމަކާ އެކީގަ އަނެއްކާވެސް ދެވަނަ ބުރު ކާމިޔާބު ކުރަން” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިތްހަމަނުޖެހޭ އެތައް ކަމެއް ހުރި ކަމަށް މީގެ ކުރިން ފާހަގަކޮށްފައެވެ. އެގޮތުން އިންތިޚާބު ބާތިލު ކުރާވަރަށް މި ފަހަރުގެ ބާތިލު ވޯޓު ގިނަ ކަމަށާއި ސައްޙަ ވޯޓު ވެސް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ނިންމާފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި ދެވަނަ ބުރުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އީސީއާއި މަޝްވަރާކޮށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *