Sunday, 25 October 2026
Ads by

އެފްޑީސީ ފްލެޓުތަކުން ކުލި ނުދައްކާ 500 އަށްވުރެ ގިނަ ޔުނިޓް، ގަވާއިދާ ހިލާފަށް ކުއްޔަށް ދިން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައި

އެފްޑީސީ ފްލެޓުތަކުން ކުލި ނުދައްކާ 500 އަށްވުރެ ގިނަ ޔުނިޓް، ގަވާއިދާ ހިލާފަށް ކުއްޔަށް ދިން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައި

އެފްޑިސީ ފްލެޓެއް ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 564 ފްލެޓަކުން ގަވާއިދުން ކުލި ނުދައްކާ އިރު، އުސޫލާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދީގެން އުޅޭ 16 މައްސަލައެއް ފާހަގަކުރެވިގެން އެ ކުންފުނިން ބަލަން ފަށައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން މަހުން މަހަށް ގަވާއިދުން ކުލި ދައްކަމުންދަނީ 3،362 ޔުނިޓުން ކަމަށް އެފްޑީސީން ހާމަކުރެއެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ކުއްޔަށް ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފަސް ޔުނިޓެއްގެ ވެރިފަރާތް މިހާރު ޖޫރިމަނާކޮށް، ދެ ފްލެޓަކަށް ވަނީ އިސްލާހުވުމުގެ ނޯޓިސް ފޮނުވާފައެވެ.

އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ހުއްދަނެތި އެޕާޓްމަންޓްތަކަށް ބަދަލުގެނައުމުގެ މައްސަލަތަކެވެ. އެގޮތުން އަމިއްލައަށް ބަދަލުތައް ގެނެސްގެން 28 މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން ފަސް ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް ކުނި އަޅައިގެން ތިން މައްސަލައެއް ފާހަގަވެ، އޭގެ ތެރެއިން ދެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް ވަނީ ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައެވެ. އަދި އަންގާ އެންގުންތަކަށް އަމަލުނުކުރުމާއި، އަޑުގަދަވެގެން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެންވެސް އެ ކުންފުނިން ވަނީ ބަލަންޖެހޭ ކަންކަން ބަލާފައެވެ.

އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓުތަކާ ގުޅިގެން އާންމުންގެ ފަރާތުން އެކި ސޫރައިގައި މައްސަލަތައް ހުށަހެޅެމުންދާއިރު، ސޯޝަލް ހައުސިންއަށް ކުލި ނުދެއްކުމުގެ މައްސަލައަކީ އާންމުކޮށް ބޮޑުވަމުންދާ ކަންބޮޑުވުމެކެވެ. ނަމަވެސް، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި