Saturday, 24 October 2026
Ads by

މަދީނާގެ މަސްޖިދުއް ނަބަވީއަށް ކަރަންޓު ދޭ ސްޓޭޝަނަކަށް ހޫޘީންގެ ޑްރޯން ޙަމަލާއެއް ދީފިކަމަށް ސަޢޫދީ ކޯލިޝަނުން ބުނެފި

މަދީނާގެ މަސްޖިދުއް ނަބަވީއަށް ކަރަންޓު ދޭ ސްޓޭޝަނަކަށް ހޫޘީންގެ ޑްރޯން ޙަމަލާއެއް ދީފިކަމަށް ސަޢޫދީ ކޯލިޝަނުން ބުނެފި

މަސްޖިދުލް ނަބަވީ އަދި ހޫޘީން ދިން ޙަމަލާ އަމާޒުވި ކަރަންޓު ސްޓޭޝަން (އަލްޢަރަބިއްޔާ)

ސަޢޫދީ ޢަރަބިއްޔާގެ މަދީނާގައި ހުންނަ ކަރަންޓު ފޯރުކޮށްދޭ ސްޓޭޝަނަކަށް ޔަމަނުގެ ހޫޘީން ޑްރޯން ޙަމަލާއެއް ދީފައިވާކަމަށް ސަޢޫދީ އިސްކޮށް އޮވެ ހިންގާ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. ކޯލިޝަނުން ބުނާގޮތުގައި އަންގާރަ ދުވަހު ދިން މި ޙަމަލާ އަމާޒުކޮށްފައިވަނީ، އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ބިނާކަމަށްވާ މަސްޖިދުއް ނަބަވީއަށް ކަރަންޓު ފޯރުކޮށްދޭ ޠައިބާ ޕަވަރ ސްޓޭޝަނަށެވެ.

Ad Image
Ads by

ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ މައުލޫމާތު ދިން ގޮތުގައި، މި ޙަމަލާ ދީފައިވަނީ އަންގާރަ ދުވަހުގެ ފަތިހު 5:11 ގައެވެ. ޙަމަލާގެ ސަބަބުން ކަރަންޓު ޓްރާންސްފޯމަރަކަށް ގެއްލުންވެ ބޭނުންނުކުރެވޭ ވަރު ވެފައިވީ ނަމަވެސް، މުޅި ކަރަންޓު ވިއުގައަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.

ޙަމަލާދިން ޑްރޯންގެ ބައިތައް ތަޙުޤީޤުކުރުމަށްފަހު، މިއީ ހޫޘީންގެ ޙަމަލާއެއްކަން ސަޢޫދީ ސަރުކާރުން ވަނީ ކަށަވަރުކޮށްފައެވެ. ކޯލިޝަނުން ސިފަކުރި ގޮތުގައި، މަސްޖިދުއް ނަބަވީއަށް ކަރަންޓުދޭ ތަނަކަށް ޙަމަލާދިނުމަކީ މުޅި ދުނިޔޭގެ މުސްލިމުންގެ އިޙްސާސްތަކާ ކުޅެ، ރުޅިއެރުވުމަށް ހޫޘީން ގަސްތުގައި ކުރި ކަމެކެވެ. މީގެ ކުރިން މައްކާއަށްވެސް ޙަމަލާދޭން ހޫޘީން މަސައްކަތްކޮށްފައިވާކަން ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި