Ads by
ޚަބަރު
މިވަގުތު ފޯކަސް ހުރީ އިންތިހާބަަށް, ނިޒާމީ ވޯޓަކަށް ނޫން: މުޢިއްޒު 

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ބެހޭ ގޮތުން މިވަގުތު ބަހުސް ކުރައްވަން ބޭނުން ނުވާ ކަމަށާއި، އޭނާގެ ހުރިހާ ސަމާލުކަމެއް މިވުގުތު ހުރީ އިންތިހާބުގެ ދެ ވަނަ ބުރަށް ކަމަށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މުއިއްޒު މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލައްވަމުން ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ ނިޒާމް ބަދަލުކުރުމަށް ނަގަން ނިންމާފައިވާ ވޯޓުގެ ބަހުސް ކުރައްވަން މިވަގުތު ބޭނުން ނުވާ ކަމަށެވެ.

“ތި ބަހުސްއަކަށް ދާކަށް ބޭނުމެއް ނޫން. އަޅުގަނޑު މި ފޯކަސް ކުރަނީ އިންތިހާބަށް،” މުޢިއްޒު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ގަރާރު ފާސްކުރީ މަޖިލީހުގެ 35 މެމްބަރުންގެ ތާއިދާއެކުގައެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ތައްޔާރުކަމަށާއި ބަޖެޓު ހަމަ ޖެހުނުހާ އަވަހަށް މަސައްކަތް ފަށާނެކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަކާލާތު ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *